އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަރަންޓް އިޤްޠިޞާދުކުރަން ސްޓެލްކޯއިން ހިތްވަރުދީ ހޭލުންތެރިކުރުވާކަން- ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާކަމެއް!

ކަރަންޓް އިޤްޠިޞާދުކުރަން ސްޓެލްކޯއިން ހިތްވަރުދީ ހޭލުންތެރިކުރުވާކަން- ރައްޔިތުންނަށް ބޮޑު ފައިދާއެއް ކުރާކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ވިޔަފާރިކުންފުނިތަކުން އަބަދުވެސް މަސައްކަތްކުރާނީ އެތަނަކުން ވިއްކާ ތަކެތި ވީހާ ގިނައިން ވިއްކައި ވީހާގިނަ ފައިސާ ހޯދައި ކުންފުންޏަށް ލިބޭ ފައިދާ އިތރުކުރުމަށެވެ. އެކުންފުނިތަކުގެ މުވައްޒިފުން މަސައްކަތްކުރާނީ ވީހާ ބޮޑު ފައިދާއެއް ކުންފުންޏަށް ހޯދައދީގެން ވެރިންގެ ރުހުން ހޯދައި އެމީހުންނަށް ލިބޭ މުސާރަ ބޮޑުކުރުމަށެވެ. 

ސްޓެލްކޯގެ ހިންގުމަށް މިހާރުގެނެސްފައިވާ ބަދަލު ވަރަށް ތަފާތެވެ. ކުރިން އެއީ ޚިދުމަތްދޭ ކުންފުންޏެއް ކަމަށް ބުނިނަމަވެސް ޢަމަލުތަކުން ފެންނަމުން އައީ އެގޮތެއް ނޫނެވެ. ސްޓެލްކޯއަކީ ވިޔަފާރި ކުންފުންޏެއް ކަމެވެ. 

ނަމަވެސް މިސަރުކާރުން ސްޓެލްކޯ ހިންގުމަށް ގެނައި ބަދަލާއިއެކު މިހާރު ސްޓެލްކޯއާއިމެދު ވިސްނަންޖެހޭ ގޮތްވަނީ ބަދަލުވެފައެވެ. ކަސްޓަމަރުންނަށް އިލްތިމާސް ކޮށް ހޭލުންތެރިކުރުވަން މަސައްކަތްކުރަނީ ބޭނުންކުރާ ކަރަންޓުގެ ޢަދަދު މަދުކުރެވޭނެ ގޮތްތަކަށެވެ. އާދައާ ޚިލާފަށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވެއްޖެނަމަ އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްދޭކަން އެއީ އެކަމުގެ ހެއްކެކެވެ. 

ކަރަންޓްބިލް ބޮޑުވާކަމަށް ފާހަގަކުރެވިގެން ސްޓެލްކޯގެ އެހީތެރިކަމަށް އެދިއްޖެނަމަ އެތަނެއްގެ ކަންކަން ބަލައިދިނުމުގެ އިތުރުން ފެންނަ ލަފައެއްވެސް ދެނީ ހިލެއެވެ. ވީމާ ކަރަންޓް ބިލް ކުޑަކުރަން ކަސްޓަމަރުންނަށް އެހީތެރިވެދޭކަން ޚިދުމަތް ހޯދާ ފަރާތްތަކުން ފާހަގަކުރެއެވެ. 

މިކަންކަމަށްޓަކައި މިއަދުގެ ސަރުކާރަށާއި ސްޓެލްކޯގެ މެނޭޖްމަންޓަށް އަދި ހުރިހާ މުވައްޒިފުންނަށް ގިނަ ބައަކު ޝުކުރުވެރިވެއެވެ. ތައްރީފްވެސް ކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް