އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ އަކީ ކޮބައިކަންވެސް ނޭނގި، ކާފިރަކަށް ހުރެ ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރަމުން އައި ޒުވާން އަންހެން ކުއްޖަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-

ﷲ އަކީ ކޮބައިކަންވެސް ނޭނގި، ކާފިރަކަށް ހުރެ ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރަމުން އައި ޒުވާން އަންހެން ކުއްޖަކަށް ލެއްވެވި ބޮޑު ރަޙްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު

އަހުރެންނަކީ ----ގެ ގޮތުގައި ބޮޑުވި އަންހެނަކީމެވެ. އެއްވެސް އިރަކު ދީނުގެ ކަންކަމަކަށް އެހައި ބޮޑަކަށް ނުވިސްނަމެވެ. ނަމަވެސް ކަލަކު ވޮޑިގެންވާ ކަމާއި ކަންކަން ޙާޞިލުކުރެވޭނީ ކަލާނގެ އިރާފުޅުކުރެއްވެވުމުން ކަމަށް އަބަދުވެސް ޤަބޫލުކުރަމެވެ.  

އެހެންވެ އަހުރެން އައީ ދުޢާއެއް ކުރަމުންނެވެ. އަހުރެން ދަންނަވަމުން ގެންދިއައީ އަހުރެންނަށް ތެދުމަގު ދެއްކެވުމަށެވެ. ކޮންމެ ކަމެއް ކޮށްފައިވެސް އެގޮތަށ ދުޢާކުރަމެވެ. އަދި ކަމެއް ކުރުމުގެ ކުރިންވެސް އެދުޢާކުރަމެވެ. އަބަދުވެސް ހުންނަނީ ތެދުމަގު ދައްކަވާނެ ކަމުގެ ޔަޤީންކަމުގައެވެ.  

ދެން މިބުނަނީ އެކަމުގެ ނަތީޖާއެވެ. ﷲ ތަޢާލާ އަކީ ކޮބައިކަމާއި ﷲ ތަޢާލާ ފިޔަވައި އެހެން ކަލަކު ނުވާކަމާއި އިސްލާމް ދީނަކީ ކޮބައިކަން އެނގުނީ ޢުމުރުން 25 އަހަރުގައެވެ. އަހުރެންގެ ޢުމުރަކީ އަދި 26 އަހަރެވެ. އަހުރެންނަކީ ﷲ ތަޢާލާއަށް އީމާންވެގެން ހުރި މުސްލިމަކީމެވެ.  މިހުރީ މުސްލިމެއްގެ ސިފަ ލިބިގަނެ ބޭރުންވެސް އެކަން ދައްކައިގެންނެވެ، މަސައްކަތް މިކުރަނީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. އިސްލާމް ދީނަށް ނަޞްރު ދިނުމަށެވެ.  

މިއީ އަލަސް އިސްލާމްވި ޒުވާން އަންހެންކުއްޖަކު ބުނެފައިވާ ވާހަކަކޮޅެކެވެ. އޭނާ އެކުރި ދުޢާއަކީ ކޮންމެ މުސްލިމަކުވެސް އެންމެ ގިނައިން ކުރަންޖެހޭ އެއް ދުޢާއެވެ. ގިނައިން ކުރަން  ސުންނަތުން ޘާބިތުވާ ދުޢާއެވެ. އަހުރެންގެ ސުވާލަކީ އަހުރެމެންނަކީ މުސްލިމުން ކަމުގައިޥާއިރު މުސްލިމުންގެ ގޮތުގައި ތިބެގެން އޭނާ ކުރި ދުޢާ އެބަކުރެވޭ ހެއްޔެވެ؟  

މުސްލިމަކަށް ވެވުމަކީ އެހިސާބުން ތެދުމަގު ލިބިއްޖެކަން ޔަޤީންކުރެވެން އޮތް ކަމެއް ނޫނެވެ. ތެދުމަގު ލިބުމަކީ ދީނަށް ފުރިހަމަ ގޮތުގައި ޢަމަލުކުރާ މީހަކަށް ވެވުމެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ ފާކުރަން ބިރުގަންނަ މީހަކަށް ވެވުމެވެ. އަދި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާ މީހަކަށް ވެވުމެވެ.  

ވީމާ ކޮންމެ ދުވަހަކުވެސް ވީހާ ގިނައިން ތިމާއަށް ތެދުމަގު ދެއްކެވުން އެދިގެން ދުޢާކުރަންވާނެއެވެ. އަދި ހުންނަންވާނީ ދުޢާ ޢިޖާބަކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް