އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަނޑުވެރިކަމުގެ ދާއިރާއަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި

ދަނޑުވެރިކަމުގެ ދާއިރާއަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ދަނޑުވެރިކަމުގެ ދާއިރާއަށް މަތީ ތަޢުލީމު ހާސިލުކުރުމަށް ސްކޮލަރޝިޕް ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތަކީ ސަރުކާރާއި ވާރލްޑް ބޭންކާ ގުޅިގެން ހިންގާ ޕްރޮޖެކްޓެއްގެ ދަށުން ދެވޭ ފުރުޞަތެކެވެ.

މި ސްކޮލަރޝިޕްގެ ދަށުން ބެޗްލަރސް ޑިގްރީއަށް 4 ފުރުޞަތާއި މާސްޓަރސް ޑިގްރީއަށް 1 ފުރުޞަތު ދެވޭނެއެވެ. މި ފުރުޞަތުތައް ހުޅުވާލާފައިވަނީ އެގްރިކަލްޗަރަލް ސައިންސް، އެނިމަލް ސައިންސް، ބޮޓަނީ، އެންޓޮމޮލޮޖީ، ނެޗުރަލް ރިސޯސް މެނޭޖްމަންޓް އަދި ޕްލާންޓް ޕްރޮޓެކްޝަން ފަދަ ދާއިރާތަކަށެވެ.

މާސްޓަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުގައި ކަމާގުޅޭ ބެޗްލަރސް ޑިގްރީއަކާއި 2 އަހަރުގެ ތަޖުރިބާ ހުންނަންވާނެއެވެ. އަދި ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުގައި ޖީ.ސީ.އީ އޯލެވެލް 5 މާއްދާއިން 'ސީ' ނުވަތަ އޭލެވެލް 3 މާއްދާއިން 'ސީ' ލިބިފައި ހުންނަންވާނެއެވެ.

މި ފުރުޞަތަށް ހުށަހެޅުންތައް ބަލައިގަތުމުގެ ސުންގަޑިއަކީ މި ފެށޭ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުގެ 12:00 ސުންމިނެޓެވެ. ކޮންމެ ދަރިވަރަކަށްވެސް ހުށަހެޅޭނީ އެއް ޕްރޮގްރާމަކަށެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން މި ފުރުޞަތު ހުޅުވާލާފައިވަނީ ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށް ކަމަށް ބެލެވެއެވެ.

އިތުރު މަޢުލޫމާތު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. ވީމާ، ޝަރުޠު ހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތަށް ކުރިމަތިލުމުގެ ދަޢުވަތު ދީފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު