އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރ. ފައިނަށް ވަޑައިގަތުމުން، ރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ. ރައީސްގެ ޒިޔާރަތާ ގުޅިގެން ރަށުގެ ބަނދަރު ސަރަޙައްދަށް ނިކުމެ، ރައްޔިތުން ވަނީ އުފާވެރިކަމާއެކު ރައީސަށް މަރުޙަބާ ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުންގެ ހާލަތު ބައްލަވާލެއްވުމާއި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންނާއި ކައުންސިލްގެ ޚިޔާލު ހޯއްދެވުމަށް ކުރައްވަމުންދާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ޖުމްލަ 11 ރަށަކަށް ވަޑައިގަންނަވާއިރު، ފައިނަކީ މި ދަތުރުފުޅުގެ 10 ވަނަ ރަށެވެ.
ރައީސްގެ މި ޒިޔާރަތުގައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްރޫޢުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއްވާފައިވެއެވެ. މީގެ އިތުރުން، ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ހާލަތު ވެސް ބައްލަވާލައްވާނެ ކަމަށް ބެލެވެއެވެ.
Advertisement
23 ޖެނުއަރީ 2025