އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިލިއަނަރެއްކަމަށް ބުނަމުން އައި މީހާ ލައިގެންހުރި ފޭރާމުން އެއީ ދޮގުވެރިއެއް ކަމަށް ނިންމައި އޭނާ ދޫކޮށްލި އަންހެނަކަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-

މިލިއަނަރެއްކަމަށް ބުނަމުން އައި މީހާ ލައިގެންހުރި ފޭރާމުން އެއީ ދޮގުވެރިއެއް ކަމަށް ނިންމައި އޭނާ ދޫކޮށްލި އަންހެނަކަށް ކަރުނައަޅަންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 19 ސިކުންތު

އެއީ ދެބެއިންނެވެ. އުމުރުގެ ތަފާތަކީވެސް އެންމެ އަހަރެކެވެ. އެއިރު ދެބެއިންގެ އުމުރަކީ 23، 24 އެވެ. ދެބެއިންވެސް ދިއައީ ކައިވެރިކުރާނެ ރަނގަޅު ބައިވެރިއަކު ހޯދަން މަސައްކަތްކުރަމުންނެވެ.  

ލޯބިވެރިއަކު ފުރަތަމަ ލިބުނީ 23 އަހަރުގެ ލިއާއަށެވެ. ފޭސްބުކް ޕރޮފައިލް ބުނާގޮތުން އޭނާއަކީ މިލިއަނަރެއްގެ ދަރިއެކެވެ. އިތުރު މައުލޫމާތެއް ނުއެނގެއެވެ. ދެމީހުން ލޯބިވެގެން ވާހަކަދައްކަމުން ގޮސް ލިއާ އޭނާގެ ގެއަށް އައިސްދިނުމަށް ލޯބިވެރިޔާއަށް ދައުވަތުދިނެވެ. ދައުވަތު ޤަބޫލުކޮށް ލޯބިވެރިޔާ އެގެއަށް ދިއައެވެ.  

ދިއުމުން ލިއާއަށް ލިބުނީ ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. މިލިއަނަރެއގް ދަރިފުޅު ކަމަށްބުނި ޒުވާނާ ލައިގެންހުރީ ވަރަށް ބައުފޭރާމެކެވެ. އަރައިގެންހުރީވެސް ވަރަށް އާދައިގެ ބޫޓަކަށެވެ. އެހެންވެ "އަހަރެންނަށް ޙަޤީޤަތް އޮޅުވައިލީތޯ؟" ސުވާލުކުރުމުން ޒުވާނާ ބުނީ "ވަރަށް ބޮޑަށް އޮޅުވާލައިފިން" ކަމަށެވެ.  

ލިއާގެ ދައްތަ މާރި ވެސް އެއިރު އެތަނުގައި އިނެވެ. އެހެންވެ "ދައްތަ އޭނައާއި ވާހަކަ ދައްކާލާފައި އަވަހަށް ފޮނުވައިލާށޭ" ބުނުމުން ދައްތަ ބުނީ އެހެން ހަދަން ނުވާނެ ކަމަށެވެ. ދައުވަތުދީގެން ގެއަށް މީހަކު ގެނެސްފިނަމަ މެހްމާންދާރީ އަދާކުރަންޖެހޭނެ ކަމަށެވެ.  

ލިއާ އޭނާގެ ބޮލުގައި ރިއްސާތީ ކަމަށްބުނެފައި ތެދުވެގެން ދިއުމުން ދެބެއިން ދެއްކި ވާހަކައިގެ އަޑު ނުއިވުނު ނަމަވެސް މިވީގޮތް ޒުވާނާއަށް ވިސްނުނެވެ. ލިއާ ދިއުމުން ޒުވާނާގާތު މަޑުކޮށްލަން ބުނެފައި މާރި ތެދުވެގެންގޮސް ކޮފީ އާއި ބިސްކޯދު ގެނެސްދީ މެހްމާންދާރީ އަދާކުރިއެވެ. ދެމީހުން އިރުކޮޅަކު ވާހަކަދައްކަން ތިބެފައި ޒުވާނާ ދިއައީ މާރިގެ ފޯނު ނަންބަރު ހިފައިގެންނެވެ.  

އަނެއްދުވަހު ޒުވާނާ މާރިއަށް ގުޅައި ފަސޭހަ ވަގުތަކު އޭނާގެ އޮފީހަށް ގޮސްލައިދިނުމަށް އެދުމުން 2 ދުވަހެއްފަހުން މާރީ ދިއައެވެ. މާރީ ގޮސްފައި ގުޅާލުމުން 2 އަންހެން މުވައްޒިފުން އައިސް މާރިއަށް މެހްމާންދާރީ އަދާކޮށްފައި ޒުވާނާގެ ކޮޓަރިއަށް ގެންދިއައެވެ. 

މާރި ދިއައީ ސިއްސައިގެންނެވެ. އެޒުވާނާގެ އޮފީހާއި ލައިގެން އިން ކޯޓާއި އެކޮޓަރީގައި ހުރި ފަރުނީޗަރު ފެނުމުންނެވެ. މާރިއަށް ވަރަށް ކަމޭހިތުމަށްފަހު ޒުވާނާ ކިޔައިދިނެވެ. އެރޭ ކޮއްކޮ ލިއާ  "އަހަރެންނަށް ޙަޤީޤަތް އޮޅުވައިލީތޯ؟" ސުވާލުކުރުމުން އަހަރެން "ވަރަށް ބޮޑަށް އޮޅުވާލައިފިން" ކަމަށް ބުނީ ހަމަ ވަރަށް ބޮޑު ތެދެކެވެ. އެއީ އަހަރެން އެއިރު ހުރީ އަހަރެންނަކީ ވަރަށް ބޮޑު ފަޤީރެއްކަން ދައްކަން ފަޤީރެއްގެ ހެދުމުގައެވެ. އަހަރެން ބޭނުންވީ އެހެދުމުގައި ހުއްޓާ ފެނުމުން މަރުޙަބާކިޔާގޮތް ބަލައިލާށެވެ. އަހަރެންގެ އެ ޓެސްޓުން ލިއާ ފޭލްވީއެވެ. މާރި ފާސްވީއެވެ. ލައިގެންހުރި ހެދުމުގެ ފެންވަރަށް ނުބަލައި މަރުޙަބާކިޔައި މެހްމާންދާރީ އަދާކުރީތީއެވެ. 

އަހަރެންގެ ފޭސްބުކް ޕްރޮފައިލްގައި އެވަނީ ތެދަށެވެ. އަހަރެންގެ ބައްޕައަކީ މިލިއަނަރެކެވެ. މިއީ ބައްޕަގެ އޮފީހެވެ. ބައްޕައަކީ ސީއީއޯއެވެ. އަހަރެންނަކީ އެމްޑީއެވެ. ވީމާ ތެދެކެވެ. އޮޅުވައިލީމެވެ. ނަމަވެސް ހަމައެކަނި ފޭރާމެވެ. ފޭރާމުގެ ފެންވަރެވެ. 

ތިއައީ ދެބެއިންނެވެ. ވީމާ ޢާއިލީ މައްސަލަތައްވެސް ހުރެދާނެއެވެ. އެފަދަ މައްސަލައެއް ނެތް ނަމަ އަދި މާރި އަހަރެންނާއި ގުޅެން ބޭނުންނަމަ އަހަރެން މިހުރީ މިހާރުވެސް ކައިވެނިކުރާށެވެ. ވިސްނާލާފައި ޖަވާބެއްދޭށެވެ."

ކައިވެނިކުރަން މާރި ވަގުތުން އެއްބަސްވިއެވެ. މާރި ދުށީ ﷲ ދެއްވެވި ފުރުޞަތެއް ނަގާލައިގެން ނުވާނެ ކަމަށެވެ. އެހެންވެ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި ކަންކަން ހަމަޖައްސައި ކައިވެނިކުރިއެވެ. ކައިވެނީގެ ޙަފްލާގައި ހުރިއިރު ލިއާދިއައީ ކަރުނައަޅަމުންނެވެ. ކުއްލިއަކަށް ގޮތް ނިންމައި ޢަމަލުކުރެވުނު ގޮތުން އޭނާއަށް ލިބެން އޮތް އަގުބޮޑު ފުރުޞަތު ގެއްލިގެންދިއައީތީއެވެ. އުފާވެސް ވިއެވެ. އެއީ ދައްތައަށް އުފާވެރި މުސްތަޤްބަލެއް ލިބުނީތީއެވެ. އެކަމުން އޭނާއަށްވެސް ފައިދާތަކެއް ކުރާނެތީއެވެ.  

މިއީ އަޅުގަނޑަށް އެކުވެރިއަކު ޙިއްޞާކުރި ވާހަކައެކެވެ. ފައިސާއަށް ލޯބިވާނަމަ މިފަދަ ކަންކަން ކުރިމަތިވާނެއެވެ. ޢުމުރަށް ވެސް ކަރުނައަޅަން ޖެހުމަކީ ވަރަށް ގާތުގައި އޮތް ކަމެކެވެ. އިތުރަށް އެއްޗެއް ބުނާކަށް ނެތީމެވެ.  

- ޝިރުމީލާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް