އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު އާންމުކޮށްފި

ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު އާންމުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 12 ސިކުންތު

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ "ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްޙީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު" މިއަދު އާންމުކޮށްފައެވެ. މި ގަވާއިދަކީ ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުވައްޒަފުންގެ ރައްކާތެރިކަން ޔަގީންކުރުމަށް އެކުލަވާލެވިފައިވާ ގަވާއިދެކެވެ.

ފައިބަރުގެ މަސައްކަތަކީ ސިއްޙީ ގިނަ މައްސަލަތަކެއް މެދުވެރިވާ ސިނާޢަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާތީ، މި މަސައްކަތްކުރާ ރަށްރަށުން ފާޅުކުރާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން މި ގަވާއިދު އެކުލަވާލާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި ގަވާއިދުގެ ދަށުން ފައިބަރުގެ މަސައްކަތްކުރާ ސަރަހައްދުތަކަށް ކުޑަކުދިންނާއި މާބަނޑު މީހުން ވަނުން މަނާކުރެވި، އެ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ކެއިންބުއިން ވެސް ވަނީ މަނާކުރެވިފައެވެ. މީގެއިތުރުން، މި ސަރަހައްދުތަކުގައި އިންޒާރުގެ އެކި ބާވަތުގެ ބޯޑުތައް ބެހެއްޓުން ވަނީ މި ގަވާއިދުން ލާޒިމްކޮށްފައެވެ.

ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ފައިބަރުގެ މަސައްކަތްކުރާ މުވައްޒަފުން ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ބޭނުންކުރުން ލާޒިމްކުރެއެވެ. އަދި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 6 މަސްދުވަހުގެ ތެރޭގައި މި ތަންތަނުގައި ޤާއިމުކުރަންޖެހޭ އެންމެހައި ވަސީލަތްތައް ޤާއިމުކުރަންޖެހޭނެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުން ފެށިގެންނެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތަކާއި، މަސައްކަތްކުރާ ތަންތަނުގެ އިންސްޕެކްޝަން ހެދުމަށް ހުރަސްއަޅާ ފަރާތްތަކަށް ޖޫރިމަނާ ކުރެވޭނެކަން ވެސް ވަނީ ގަވާއިދުގައި ބަޔާންކޮށްފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު