އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ލޯބީގަ ލަނޑު ލިބި އެންމެ ނިކަމެތި ޙާލުގަ ޖެހުނު އަންހެނަކު އެކަމުން ސަލާމަތްވާން ޢަމަލުކުރިގޮތް- ދަސްކުރަންޖެހޭ ފިލާވަޅެއް!

ޢިބްރަތްތެރި ވާހަކަ: ލޯބީގަ ލަނޑު ލިބި އެންމެ ނިކަމެތި ޙާލުގަ ޖެހުނު އަންހެނަކު އެކަމުން ސަލާމަތްވާން ޢަމަލުކުރިގޮތް- ދަސްކުރަންޖެހޭ ފިލާވަޅެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 8 ސިކުންތު

އެނާއަކީ އާވާރާ ދިރިއުޅުމެއް އުޅެމުންދިއަ މީހެކެވެ. ތަނަވަސްކަން ހުރުމުން ދެއިރު ހެދުން ބަދަލުކުރާ އުޞުލުން ދިއައީ ލޯބިވެރިން ބަދަލުކުރަމުންނެވެ. އޭނާ ދައްކާ ހުވަފެންތަކަށް ހެއްލެވި އޭނާގެ މަޅީގައި ޖެހެވި އޭނާއަށް ބަލިވެ އިނީ ކިތައް އަންހެނުންކަމެއް ނުއެނގެއެވެ. 

ބަލިވެއިން އަންހެނުންގެ ތެރެއިން ވިހެއީ ކިތައް އަންހެނުންކަމެއް ދަރިވައްޓައިލީ ކިތައް އަނހެނުންކަން ނުއެނގޭތީ ލިބިފައިވަނީ ކިތައް ދަރިންކަމެއް އޭނާއަކަށްވެސް ނުއެނގެއެވެ. އެއްވެސް ދަރިއަކު ބަލަން ނުޖެހޭތީ ދަރިންބެލުމަކީ ކިހައި ވަރެއްގެ ބޮޑު މަސްއޫލިއްޔަތެއކަމެއްވެސް އަދި އެއީ ކިހައި ތަކްލީފެއް އުފުލަންޖެހޭ ކަމެއްކަންވެސް އޭނާއަކަށް ނުއެނގެއެވެ. 

އެގޮތަށް އުޅުމުގެ ތެރޭގައި އޭނާގެ ޝިކާރައަކަށްވި ނިޝާގެ ނިންމުން ތަފާތެވެ. ވިހާފައި ދަރިފުޅު ގެންގޮސް ބޭއްވީ ގޭގެ ދޮރުކައިރީގައެވެ. ނޯޓަކާއިއެކުގައެވެ. "މިއީ ކަލޭ ދެއްކި ހުވަފެންތަކަށް ހެއްލެވުނުކަމުގެ ނަތީޖާއެވެ. އެކަމަށް ޝަކުވާކުރާކަށް ނެތީމެވެ. ކުށްވެރިއަކީ އަހަރެންނެވެ. އެއީ ކައިވެނި ނުކުރަނީސް ކަލޭގެ ބަސް ޤަބޫލުކުރެވި ފާފަކުރެވުނު ކަމެވެ. ދަރިފުޅު މިގެނެސްދިނީ ބަލަހައްޓާނެ ފެންވަރު ނެތުމުންނެވެ. ގޭގައި ގެންގުޅެވެން ނެތުމުންނެވެ. މަންމަ އާއި ބައްޕަ ގޮވައިގެން މިއުޅެނީ ކުލީ ކޮޓަރިއެއްގައެވެ. އެކޮޓަރީގައި ދަރިފުޅު ގެންގުޅުމުން ދަރިފުޅަށްވެސް ލިބޭނީ އިތުރު އަނިޔާއެވެ. ބައްޕަގެ ބޮޑު ގެއަކާއި ތަނަވަސްކަން ހުރީމާ އެންމެ ރަނގަޅު ގޮތަކަށްވާނީ ބައްޕަ ދަރިފުޅު ބެލުމެވެ." 

ނޯޓް ކިޔާފައި ދިއައީ ތަރިބުރައިގެންނެވެ. ދަރިފުޅު ނަގައި ހޫރާލަން ހިތަށް އެރިއެވެ. ނަމަވެސް އުރާލިތަނާ ކުރެވުނު އިޙްޞާޞްތަކެއްގެ ސަބަބުން އެފަދަ ކަމެއް ކުރާކަށް ނުކެރުނެވެ. ދަރިފުޅު ގޮވައިގެން ގޭތެރެއަށް ވަދެ ކޮޓަރިއަށް ގެންގޮސް އެނދުގައި ބޭއްވިއެވެ. 

ގޭގައި ޚާދިމާއަކަށް ގެންގުޅޭ އަންހެން މީހާ ގެނެސް ދަރިފުޅަށް ބޭނުންވާނެ އެއްޗެތި އޮޅުންފިލުވައިގެން ހުރިހާ އެއްޗެއް ގަތެވެ. އަދި ދަރިފުޅު ބަލަން އިތުރު ޚާދިމާއަކު ހޯދައިގެން ދަރިފުޅު ބަލަން ފެށިއެވެ. 

އެހިސާބުން އޭނާގެ އުޅުމަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އަންހެންކުދިން ގެއަށް ގެނެސްގެން މަޖާކުރުން މަޑުމަޑުންގޮސް ހުއްޓައިލިއެވެ. ލޯބިވާކަމަށްބުނެ އޮޅުވާލައިގެން ކަނޑުދިނުން ހުއްޓާލިއެވެ. ހަރުދަނާ ދިރިއުޅުމެއް އުޅެންފެށިއެވެ. ހިލޭ އަންހެނުންނާއިއެކު ވަޤުތު ހޭދަކުރުމުގެ ބަދަލުގައި ދަރިފުޅާއިއެކު ވަޤުތުތައް ހޭދަކުރަން ފެށިއެވެ. 

އެއަށްފަހު ދަރިފުޅުގެ މަންމ، ނިޝާއަށް ގުޅައި ގެއަށް ގެނެސް އެނާގެ ދިރިއުޅުމަށް ގެނައި ބަދަލުތައް ކިޔައިދީފައި އޭނާގެ ކިބައިން މާފަށްވެސް އެދުނެވެ. ދެން ހުށަހެޅީ ދެމީހުން ކައިވެނިކޮށް އެކުގައި ދިރިއުޅެ ދަރިފުޅަށް ލޯބިދީގެން ބަލައިބޮޑުކުރުމަށެވެ. 

އެއީ ނިޝާވެސް އެންމެ ބޮޑަށް ބޭނުންވެގެންހުރި ގޮތެވެ. އެހެންވެ ވަޤުތުން އެހުށަހެޅުން ޤަބޫލުކޮށް ދެމީހުން ކައިވެނިކުރިއެވެ. ދަރިފުޅަށް ލޯބިދީގެން ގެންގުޅެން ފެށިއެވެ. އުފާވެރި ދިރިއުޅުމެއް އުޅެން ފެށިއެވެ. 

މިއީ އަޅުގަނޑު ނޫހަކުން ކިޔާފައިވާ ވާހަކައެކެވެ. މިގެނެސްދިނީ ވަރަށް ކުރުކޮށެވެ. ހަމައެކަނި އެންމެ މުހިންމު ޕޮއިންޓްކޮޅެވެ. ނިޝާ ދަރިފުޅު ވިހެއުމަށްފަހު އެނެގީ ވަރަށް ބޮޑު ރިސްކެކެވެ. އެގޮތަށް ކަންތައް ކުރުމުން ދަރިފުޅު އެއްލައިވެސް ލެވިދާނެއެވެ. ޔަތީމްޚާނާއަކަށްވެސް ލެވިދާނެއެވެ. ބައްޕައާއި ދަރިފުޅު އެ ޙަވާލުކުރީ އެކަންކަން އެނގިހުރެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ މިގޮތަށް ރިސްކް ނަގައި ދަރިފުޅު ދޫކޮށްނުލި ނަމަވެސް މިގޮތަށް ކަންކަންކުރާ ފިރިހެނުންނަށް ފިލާވަޅު ދޭންޖެހޭ ކަމަށެވެ. ކުރެވުނުހައި އުނދަގޫތަކެއްކުރަން އެބަޖެހެއެވެ. ލޯބިވެގެންކަމަށް ހެދިގެންނާއި ކައިވެންޏަށްފަހު ދަރިން ލިބުމުން އަނިޔާދޭ ފިރިހެނުންނަށް ސަލާމަވެގެން ނުތިބެވޭނެކަން އަންގައިދޭން އެބަޖެހެއެވެ. 

އެކަމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު ހުރަހަކީ ޝަކުވާ ހިފައިގެން ކިތަންމެ ވަރަކަށް ހިނގިނަމަވެސް އެހީތެރިވެދޭނެ އިދާރާއެއް ނެތްކަމެވެ. އިދާރާއެއް ހުރިނަމަވެސް އެހީތެރިނުވާކަމެވެ.

 

- ސާރާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް