އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުޑައިމީސް ބަސްތައް ބުނެ މަޢުޞޫމު ދަރީންނަށްވެސް ނުބައިބަސްތައް ބުނާއިރު ހިތްވަރު އެލުވައިނުލައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރުގަދަ އަންހެނުންނަށް!: މަރްޔަމް މާރިޔާ

ކުޑައިމީސް ބަސްތައް ބުނެ މަޢުޞޫމު ދަރީންނަށްވެސް ނުބައިބަސްތައް ބުނާއިރު ހިތްވަރު އެލުވައިނުލައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރުގަދަ އަންހެނުންނަށް!: މަރްޔަމް މާރިޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 50 ސިކުންތު

ވަރުބަލިކަމެއް ނެތި ޤައުމަށް ޚިދުމަތްކުރާ އަންހެނުންނަށް ކުޑައިމީސް ބަސްތަކުން މަލާމާތް ރައްދުކުރާ އިރު، އަދި އެބައިމީހުންގެ މަޢުޞޫމު ދަރީން، އާންމުންގެ ފާޑުކިޔުމުގެ އަމާޒުފަތްގަނޑަކަށްވާ އިރު، ހިތްވަރު އެލުވައިނުލައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރުގަދަ އަންހެނުންނަށް ކަމަށް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ މިނިސްޓަރ މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.  

މީގެ އިތުރުން ޑރ. މާރިޔާވަނީ އަންހެނުންގެ ޝަރަފާއި އެބައިމީހުންގެ ދަރީންގެ މަޢުޞޫމުކަން ހިމާޔަތްކުރުމަށް، އަންހެން އިސްވަރުންނާއި، ރައްކާތެރިކަމަށް އިތުބާރުކުރާ ހުރިހާ އަންހެނުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ވަގުތު އަޅުގަނޑުމެން ހަމައެކަނި ބަލާން ތިބޭ ބައެއްގެ ބަދަލުގައި އިންސާނީ ކަރާމާތް ހިމާޔަތްކުރާ ހިތްވަރުގަދަ ބަޔަކަށްވެ ހެޔޮ ބަދަލަކަށް މަގުފަހިކުރަން މަސައްކަތްކުރާ ބައަކަށްވުމަށްވެސް ޑރ. މާރިޔާ ވަނީ އެދިވަޑައިގެންފައެވެ.  

 

ޑރ. މާރިޔާގެ ބަސްފުޅު: 

ވަރުބަލި ނުވާ، ހިތްވަރުގަދަ އަންހެނުންނަށް:

އަޅުގަނޑުމެން އެފަދަ އަންހެނުން ދަނެގަންނާނަން.

އަޅުގަނޑުމެން އެފަދަ އަންހެނުންނަށް ވާނަން.

އަޅުގަނޑުމެން އެފަދަ އަންހެނުން ތަރުބިއްޔަތުކުރާނަން إِنْ شَاءَ ٱللَّٰهُ.

ވަރުބަލިކަމެއް ނެތި ޤައުމަށް ޚިދުމަތްކުރާ އަންހެނުންނަށް ކުޑައިމީސް ބަސްތަކުން މަލާމާތް ރައްދުކުރާ އިރު، އަދި އެބައިމީހުންގެ މަޢުޞޫމު ދަރީން، އާންމުންގެ ފާޑުކިޔުމުގެ އަމާޒުފަތްގަނޑަކަށްވާ އިރު، ހިތްވަރު އެލުވައިނުލައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރުގަދަ އަންހެނުންނަށް. 

ރައްކާތެރިކަން ގެއްލިފައިވާއިރު، ކަރާމާތް ހިފެހެއްޓުމަކީ މަދު ބަޔަކަށް މެނުވީ ކުޅަދާނަވެގެންވާނޭ ކަމެއް ނޫން. މިއަދު، އަޅުގަނޑުމެން ހިތްވަރުގަދަ އަންހެން ދަރީންގެ ނަން ފާހަގަކޮށްފައި ނިންމާލަންވީއެއް ނޫން. ފުރައްސާރަކުރެވޭ އަންހެނުންގެ ހިމާޔަތުގައި ތެދުވާން ވެސް ޖެހޭ. ފުރައްސާރައަށް ނޫނެކޭ ބުނާންޖެހޭ. 

އަންހެނުންގެ ޝަރަފާއި އެބައިމީހުންގެ ދަރީންގެ މަޢުޞޫމުކަން ހިމާޔަތްކުރުމަށް، އަޅުގަނޑުމެން އަންހެން އިސްވަރުންނާއި، ރައްކާތެރިކަމަށް އިތުބާރުކުރާ ހުރިހާ އަންހެނުން ގުޅިގެން މަސައްކަތްކުރަމާ! 

މި ވަގުތު އަޅުގަނޑުމެން ހަމައެކަނި ބަލާން ތިބޭ ބައެއްގެ ބަދަލުގައި އިންސާނީ ކަރާމާތް ހިމާޔަތްކުރާ ހިތްވަރުގަދަ ބަޔަކަށްވަމާ! ހެޔޮ ބަދަލަކަށް މަގުފަހިކުރަމާ! إِنْ شَاءَ ٱللَّٰهُ

  

https://www.facebook.com/539196000/posts/10162173307861001/?mibextid=wwXIfr&rdid=Y9ghrPLsXq3e4h2D

#

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު