އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު
މިދިއަ އަހަރު ފަދައިން މިއަހަރުވެސް މިހުޅުވާލަނީ ސުވާލަށް ޖަވާބުދެއްވައިގެން ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ހޯއްދެވުމުގެ ފުރުޞަތެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން 1 ކިޔުންތެރިއަކަށް ކޮންމެ ދުވަހަކުވެސް މައިލޯ ބުއިން ކޭހެއް ލިބިވަޑައިގަންނަވާނެއެވެ.
މިއަދުގެ ސުވާލު:
ގާތްތިމާގެ މީހުންނަށް ޚަރަދުކުރުމަކީ ޞަދަޤާތެއްތަ؟
އެހީ:
ޢާއިލާގެ މީހުންނަށް ޚަރަދުކުރުމަކީވެސް ޞަދަޤާތެކެވެ. ޞަދަޤާތްކުރުން އޮތީވެސް ގާތުން ދުރަށެވެ. މާނައަކީ އެހީތެރިކަމަށް ބޭނުންވެގެން ތިބި ޢާއިލީ މީހުންނަށް އިސްކަން ދިނުމެވެ.
1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ.
2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.
3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 2 ދުވަސްތެރޭ ޙަވާލުވެ ނުލައްވައިފިނަމަ މުސައްލައިގެ ބަދަލުގައި ލިބިލައްވާނީ 4 ފުޅި ހުވަނދެވެ. އެއީ ބައެއް ކިޔުންތެރިންނާއި ނުވެސް ގުޅުމާއި މުސައްލަ ބޭނުންވާ މީހުން ގިނަކަމުން ވީހާ ގިނަ ބައަކަށް ރޯދައިގެ ކުރިން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
Advertisement
16 މާޗް 2025