އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަމިއްލަ ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމަށް ހުއްދަދީ، އުފެއްދި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށްފި

އަމިއްލަ ކުންފުންޏަކުން އުފެއްދި ސިނގިރޭޓުތައް ނައްތާލުމަށް ހުއްދަދީ، އުފެއްދި ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އަމިއްލަ ކުންފުންޏަކުން ޤާނޫނާ ޚިލާފަށް އުފައްދާފައިވާ ސިނގިރޭޓުތައް ނައްތާލުމަށް ހުއްދަ ދީ، އެ ކުންފުނީގެ ވިޔަފާރި ރަޖިސްޓްރީ ބާތިލުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ފުލުހުން ބުނީ، މި މަސައްކަތް ކުރި ކުންފުނީގެ ވިޔަފާރި ހުއްދަ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ބާޠިލުކޮށްފައި ކަމަށެވެ. އަދި އަތުލައިގަނެފައިވާ ސިނގިރޭޓުތައް ނައްތާލުމުގެ ހުއްދަ ޞިއްޙަތާބެހޭ ވުޒާރާއިން ދީފައިވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

މި މައްސަލައިގެ ތަޙުޤީޤު ފެށީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ހެންވޭރުގައި ހުރި ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓު އުފައްދާ ކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން އެ ތަން ބަލައި ފާސްކުރުމަށްފަހު، ފުލުހުން ވަނީ އެތަނުން ގިނަ އަދަދެއްގެ ކާޑުބޯޑު ފޮށިގަނޑުތަކެއް އަތުލައިގަނެފައެވެ. މި އޮޕަރޭޝަނުގައި ޖުމްލަ 103 ކާޑުބޯޑު ފޮށިގަނޑު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ދުންފަތް ހުރި ފޮށިތައްވެސް ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފްޞީލެއް ހާމަކޮށްފައި ނުވިނަމަވެސް، ޤާނޫނާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލު ކުރާ ތަކެތި އުފެއްދުމާއި ވިއްކުމަކީ މަނާކަމެކެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު