އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒެއްގައި މި އަހަރު ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެ: ވަޒީރު ޑރ.ޝަހީމް

ރާއްޖޭގެ ހުރިހާ އިސްލާމީ މަރުކަޒެއްގައި މި އަހަރު ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެ: ވަޒީރު ޑރ.ޝަހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 28 ސިކުންތު

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ، ރާއްޖޭގައި މިހާތަނަށް ޤާއިމުކޮށްފައިވާ ހުރިހާ އިސްލާމީ މަރުކަޒެއްގައި މި އަހަރުގެ ތެރޭގައި ލައިބްރަރީތައް ޤާއިމުކުރަން ފެށޭނެ ކަމަށެވެ.

ށ. މިލަންދޫ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގައި އިސްލާމީ މަރުކަޒުތައް ޤާއިމުކޮށްފައި ހުރިނަމަވެސް، އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި މިހާތަނަށް ނުހިފޭތީ، މަރުކަޒުތަކުން ދެވޭ ޚިދުމަތްތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. މި ގޮތުން ގދ. ތިނަދޫއާއި ރ. އުނގޫފާރުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެންމެ ފުރަތަމަ ލައިބްރަރީ ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ ސަލްމާން ސެންޓަރުގައި. އަންނަ މަހު ހުޅުވޭތޯ މަސައްކަތްކުރަމުން ދަނީ. ދެން ތިނަދޫއާއި އުނގޫފާރުގައި ލައިބްރަރީތައް ޤާއިމުކުރެވޭނެ،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، މިހާރު މަސައްކަތް ހިނގަމުންދާ އިސްލާމީ މަރުކަޒުތަކުގެ ތެރެއިން އައްޑޫ އަދި ހއ. ދިއްދޫ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތް މި އަހަރު ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިއަދު އެއްބަސްވުމުގައި ސޮއިކުރެވުނު ށ. މިލަންދޫގެ އިސްލާމީ މަރުކަޒާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިލަންދޫގައި މަރުކަޒު އެޅުމުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުންގެ އެދުމުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުގެ ދަށުން ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ މިލަންދޫގައި ޤާއިމުކުރާ އިސްލާމީ މަރުކަޒަކީ އިސްލާމީ މުހިންމު މަރުކަޒަކަށް ވުން. އަދި އިސްލާމީ ތަޢުލީމު އެ ތަނުގައި ދެވޭނެ،" ވަޒީރު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު