އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު
އެއްބައަކު ގޭގައި ވަގުތު ހޭދަކުރިނަމަވެސް ހުރިހާ ވަގުތުތަކެއް ފޯނާއިއެކު އެބަ ހޭދަކުރެއެވެ. ގޭތެރޭގައި ބައަކު އެބަތިބިކަމެއް އެމީހުން އެތިބީ ތިމާގެ ސަމާލުކަން ބޭނުންވެގެން ކަމެއް އެމީހުންނަކަށް ނުއެނގެއެވެ. ސުވާލަކީ އެހެންކަމަށްވާއިރު ތިބާ މީހަކާއި ކައިވެނިކުރީ ކީއްކުރަންހެއްޔެވެ؟ ފޯނާއި ކައިވެނި ނުކުރީ ކީއްވެގެންހެއްޔެވެ؟
އަނެއް ބައަކު ކައިވެނިކޮށްގެން ދުރުރަށަކުން ނުވަތަ ދުރު ހިސާބަކުން އަންތބަކު ގެނެސްފާނެއެވެ. އެއިރުން އޭނާގެ އެއްވެސް މީހަކު އެރަށަކު ނުހުންނާނެއެވެ. ހުންނާނެހައިވެސް މީހަކީ ފިރިމީހާއެވެ. އެހާލަތުގައި ފިރިމީހާ، އަނބިމީހާ ގެއަށް ދޫކޮށްލާފައި އެކުވެރިންނާއިއެކު ބޭރުގައި އުޅޭނަމަ އަނބިމީހާއަށް ލިބޭނެ ހިތްދަތިކަމާއި އެކަނިވެރިކަން ނިކަން ހިތަށް ގެނެސްބަލާށެވެ!
ހަމަ އެގޮތަށް ފިރިމީހާ މަސައްކަތް ނިންމައި އެނބުރި ގެއަށް އައުމުންވެސް ފޯނުން ސަލާމަތް ނުވެވިގެން ފިރިމިހާއަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ބައަކުވެސް އެބަ އުޅެއެވެ. މިހުރީ ކޮން ގޮތަކުން ބަލައިގަނެވޭނެ ކަންކަން ހެއްޔެވެ؟
ހުރިހާ ދެމަފިރިން ގާތުގައިވެސް ބުނަމެވެ. ހަމައެކަނި ބައިވެރިޔާ ކުށްވެރިކުރުމަކުން އެއްވެސް ކަމެއް ޙައްލެއް ނުކުރެވޭނެއެވެ. ކަންކަން ޙައްލުކުރެވޭނީ އެކުގައި ގިނަވަގުތު ހޭދަކޮށް ލޯބިން ދިރިއުޅެގެންނެވެ. ތަޢްރީފްކޮށް ލޯބިވާކަންވެސް ހާމަކުރަމުން ދިިރިއުޅުމުންނެވެ!
--މުފްތީ މެންކުގެ ދަރުސަކުން
Advertisement
6 އޭޕްރީލް 2025