އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަނދުމަކޮށްދިނުމެއް!: ސުންނަތް ނަމާދުގެ ނިޔަތާ ކިޔާނެ ޛިކްރު-

ހަނދުމަކޮށްދިނުމެއް!: ސުންނަތް ނަމާދުގެ ނިޔަތާ ކިޔާނެ ޛިކްރު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ފަރުޟްނަމާދު ކުރަން އެނގޭ މީހަކަށް ސުންނަތް ނަމާދުކުރަން ނުއެނގިގެން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. ވީމާ މިވެނި (ސުންނަތް) ނަމާދެއް ނުކުރަނީ ކުރަން ނުއެނގޭތީ ކަމަކަށް ނުބުނެވޭނެއެވެ.  

ދެން އޮތީ ނަމާދަށްފަހު ކިޔާ ދުޢާތަކެވެ. ދުޢާތައް ދަސްކުރަންވީއެވެ. އަދި ދަސްވަންދެން ކޮންމެ ނަމާދަކަށްފަހުގައިވެސް އެމީހަކު ބޭނުން ކަމަކަށް އެދިގެން ދުޢާކުރެވޭނެއެވެ.  

މިހެން ބުނަން މިޖެހުނީ ނަމާދަށްފަހު ކުރަން ހުންނަ ދުޢާތައް ނުއެނގުމަކީވެސް ސުންނަތް ނަމާދުތައް ނުކުރާ ސަބަބަކަށް އެބަހަދައެވެ. ނަމާދަށްފަހު އެއްވެސް ދުޢާއެއް ނުކުރިޔަސް ނަމާދުކުރުމުން ނަމާދުކުރިކަމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ  

ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!   

ނިޔަތަކީ ހިތުން ގަންނަ އެއްޗެކެވެ. ދުލުން ކިޔާ އެއްޗެއް ނޫނެވެ. ވުމާއިއެކު، އެމީހަކު ކުރަން ގަސްދު ކުރާ ނަމާދެއް ކުރުމަށް ހިތަށް އަރުވާނީއެވެ. ނިޔަތާއި ގުޅޭ ގޮތުން އިތުރު ތަފްޞީލު ބެއްލެވުމަށް މިލިޔާ ލިންކަށް ޒިޔާރަތް ކޮށްލައްވާށެވެ.  

http://www.mvislamqa.com/beta/views.asp?questionID=506

ސުންނަތް ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ޛިކުރުތަކެއް ވާރިދުވެފައެއް ނުވެއެވެ. ފަރުޟު ނަމާދުތަކުގައި ވެސް ކިޔާ ޛިކުރުތައް ކިޔުމުން އިން ޝާ ﷲ ފުދޭނެއެވެ. والله أعلم. 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް