އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފަރުޟް 5 ނަމާދަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ސަބަބުތަކުގެ ތެރެއިން މިކަންކަން އެނގޭނަމަ އެންމެ ނަމާދެއްވެސް ދޫނުކުރާނެ! އިން ޝާ ﷲ: މުފްތީ މެންކް

ފަރުޟް 5 ނަމާދަށް އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭ ސަބަބުތަކުގެ ތެރެއިން މިކަންކަން އެނގޭނަމަ އެންމެ ނަމާދެއްވެސް ދޫނުކުރާނެ! އިން ޝާ ﷲ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 4 ސިކުންތު

ބުއްދި ސަލާމަތުން ހުރިނަމަ ނަމާދު ނުކޮށް ހުންނަން އެއްވެސް ޢުޒުރެއް ނެތެވެ. ބަލިޙާލުގައި އޮށޯވެ އޮންނަން ޖެހުނަސް ނަމާދުކުރަންޖެހެއެވެ. ޖުމުލަކޮށް ބުނާނަމަ ނަމާދު ނުކޮށް ހުރެވޭނެ ޢުޒުރެއް ނެތެވެ. ބުއްދި ސަލާމަތުން ނެތުން ފިޔަވައެވެ. ވީމާ މުސްލިމަކަށްވުމަށްފަހު ނަމާދުނުކޮށް ނުހުރެވޭނެއެވެ.  

ބައެއް މީހުން ސުވާލުކުރެއެވެ. ކޮންމެ ދުވަހަކު 5 ނަމާދު ކުރަން ފަރުޟުކުރައްވަވާފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ އެކަމަށް އެހައި ބޮޑު ސަމާލުކަމެއް ދޭން ޖެހިފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ އެހެންވެ އަހުރެންގެ ވިސްނުމުން ކޮންމެވެސް މިންވަރެއްގެ ޖަވާބެއް ދެވޭތޯ ބަލައިލާނަމެވެ. 

ﷲ ތަޢާލާ ފަރުޟުކުރައްވަވާފައިވާ ކޮންމެ ކަމަކީވެސް އެކަމެއްކުރަން ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަންކަމެވެ. އަދި ނަމާދަށް އެންމެ ބޮޑު ސަމާލުކަމެއް ދިނުމަށް އޮތީ އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ ފަރުޟް އަޅުކަންކަމުގައިވާތީއެވެ.  

ދެވަނަ ކަމަކީ ނަމާދުކުރުމުން އަހަރެމެންނަށް ލިބެން އޮތް ބޮޑު ފައިދާއެވެ. އަހަރެމެން ކިތަންމެ ގިނައިން ނަމާދުކުރިނަމަވެސް އެކަމަކުން ﷲ ތަޢާލާއަށް ލިބިވޮޑިގަންނަވާނެ އެއްވެސް ފައިދާއެއް ނެތެވެ. އަދި އެންމެ ނަމާދެއް، އެންމެ ސަޖިދައެއް ނުކުރިނަމަވެސް ލިބިވޮޑިގަންނަވާނެ ގެއްލުމެއްވެސް ނެތެވެ.  

އެކަމުން އެނގެނީ ނަމާދުކުރުމުން އަހަރެމެންނަށް ލިބެން އޮތް ބޮޑު ފައިދާއެވެ. މަންފާއެވެ. ޘަވާބެވެ. ނިޢްމަތްތަކެވެ. ނިކަން ވިސްނައިލަބަލާށެވެ! ފަތިސްނަމާދުކޮށްފައި މެންދުރުނަމާދުކުރުމުން އެމީހަކަށް އެދމެދުގައި ކުރެވުނު ހުރިހާ ކުދި ފާފަތަކެއް ފުއްސަވައިދެއްވަވައެވެ. އެގޮތަށް 5 ނަމާދު ބަރާބަރަށް ކުރުމުން ނުވަތަ ކުރާނަމަ މުޅި ދުވަހު ކުރެވުނު ހުރިހާ ކުދިފާފަތަކެއް ފުއްސަވައި ދެއްވަވަތެވެ. އެކަމުން ޤިޔާމަތް ދުވަހު އެމީހަކަށް ކުރާނެ ބޮޑު ފައިދާއަށް ވިސްނައިލާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން  

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް