އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޠުރު ޢީދާ ގުޅިގެން ކުރިއަށްގެންދިޔަ "ޢީދު އަލި" ހަރަކާތް ނިންމާލައިފި

ފިޠުރު ޢީދާ ގުޅިގެން ކުރިއަށްގެންދިޔަ "ޢީދު އަލި" ހަރަކާތް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

ފިޠުރު ޢީދާ ގުޅިގެން ރާއްޖޭގެ އެކި ރަށްތަކުގައި ކުރިއަށްގެންދިޔަ "ޢީދު އަލި" ހަރަކާތް ވަނީ ނިމުމަކަށް އައިސްފައެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ފަށައިގަތް މި ހަރަކާތް މިއަހަރު ފެށިފައިވަނީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ރޭގައެވެ.

މިދިޔަ އަހަރާ ޚިލާފަށް، މިއަހަރުގެ "ޢީދު އަލި" ހަރަކާތް ވަނީ ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންގޮސްފައެވެ. މިގޮތުން، ކުރީ އަހަރު ހަމައެކަނި ބޮޑެތި ސިޓީތަކުގައި ކުރިއަށްގެންދިޔަ މި ހަރަކާތް، މިއަހަރު ވަނީ އިތުރު 36 ރަށަކަށް ފުޅާކޮށްފައެވެ. ކޮންމެ އަތޮޅަކުން ދެ ރަށް ހިމެނޭ ގޮތަށް ކުރިއަށްގެންދެވުނު މި ހަރަކާތުގައި، ޢީދު އަލީގެ އިތުރުން ތަކުބީރުގެ އަޑުވެސް ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން އިއްވާފައިވެއެވެ.

މި ހަރަކާތަކީ ރަށު ކައުންސިލްތަކާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދެވުނު ހަރަކާތެކެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެކި މުނާސަބަތުތަކުގައި މި ލައިޓްތައް ބޭނުންކުރެވޭނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ވުޒާރާއިން ވަނީ ކައުންސިލްތަކަށް އަންގަވާފައިވާ ގޮތުގައި، މި ހަރަކާތުގައި ބޭނުންކުރެވުނު ލައިޓްތަކާއި ގިޑިގެތަކާއި ސްޕީކަރުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެކެވެ. މިއީ ކުރިއަށް އޮތް ތަނުގައިވެސް އެކި މުނާސަބަތުތަކުގައި ބޭނުންކުރެވޭނެ ތަކެތި ކަމަށްވާތީއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު