އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާސީ އައު އަހަރަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަނީ ނިމިފައި: ވަޒީރު

ދިރާސީ އައު އަހަރަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަނީ ނިމިފައި: ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

މާދަމާ ފެށޭ ދިރާސީ އައު އަހަރަށް ތައުލީމާބެހޭ ވުޒާރާއިން ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަނީ ނިންމާފައިކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވިގޮތުގައި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ދަރިވަރުންނަށް ބޭނުންވާ ފޮތްތަކާއި، މުދައްރިސުންނާއި އަދި ސްކޫލްތަކަށް ބޭނުންވާ އަސާސީ ހުރިހާ ވަސީލަތްތަކެއް ވަނީ ހަމަކޮށް ފުރިހަމަކޮށްފައެވެ.

އެހެންނަމަވެސް، ޗުއްޓީ ނިމުނު ފަހުން 14 ވަރަކަށް މުދައްރިސުން ވަޒީފާއިން ވަކިވެފައިވާކަން ފާހަގަކުރައްވަމުން، އެ މަޤާމުތަކަށް މީހުން ހޯދުމަށް ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، ސްކޫލްތަކަށް ބަދަލުވާން އެދޭ ދަރިވަރުންގެ އެޑްމިޝަން ޕްރޮސެސް ނިމުމުން އެ ދަރިވަރުންނަށްވެސް ފޮތްތައް ފޯރުކޮށްދެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ފެންވަރު ރަނގަޅު އަމާން ވެއްޓެއްގައި ދަރިވަރުންނަށް ރަނގަޅު ތައުލީމެއް ދިނުމަށްޓަކައި މުދައްރިސުންނާއި، ބެލެނިވެރިން އަދި މުޅި މުޖުތަމައު ގުޅިގެން މަސައްކަތްކުރުން މުހިންމު" ކަމަށް ވިދާޅުވެ ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.

2024 ވަނަ އަހަރުގެ ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު