އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެމްޓީސީސީ އިން އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީ އިން އުނގޫފާރު ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 23 ސިކުންތު

ރ. އުނގޫފާރުގައި ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.

އެމްޓީސީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، 2021 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރެވުނު މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން 10 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ.

"ބިން ހިއްކުމުގެ މަސއްކަތް މިހާރު ވަނީ ނިމިފައި. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަލުން ފެށުމަαށް ބޭނުންވާ ބޮޑު ހިލަ ވެސް ވަނީ ރަށަށް ގެންގޮސްފަ،" އެމްޓީސީސީގެ ފަރާތުން ވިދާޅުވިއެވެ.

މުޅި މަޝްރޫޢުގެ 64 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މި މަޝްރޫޢުގެ ދަށުން ގޮނޑުދޮށް ހިމާޔަތްކުރުމަށް 1،150 މީޓަރުގެ ރިވެޓްމަންޓަކާއި 75 މީޓަރުގެ ހުރަސް ތޮށި ލުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މި މަސައްކަތްތައް ނިމުމުން އުނގޫފާރުގެ ގޮނޑުދޮށް ރައްކާތެރިކުރެވި، ރަށުގެ ބިމުގެ ސަރަހައްދު އިތުރުވެގެންދާނެއެވެ.

އުނގޫފާރުގެ ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން އެރަށުގެ ބިމުގެ ދަތިކަން ހައްލުވެ، އިތުރު ތަރައްޤީގެ މަޝްރޫޢުތަކަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ. މީގެ ސަބަބުން ރަށުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދު ކުރެވެއެވެ.

މި މަޝްރޫޢުގެ ނިމުމާއެކު، އުނގޫފާރުގެ ރައްޔިތުންނަށް އިތުރު ބިން ލިބި، ގެދޮރު އެޅުމާއި ވިޔަފާރި ފަދަ އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން، ރަށުގެ އާބާދީ އިތުރުވުމާއެކު ދިމާވެފައިވާ ބިމުގެ ދަތިކަމަށް ވެސް ޙައްލެއް ލިބިގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު