އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުފަންވެލި ޝޮޕްތަކުން އާފަލާ ދޮންކެޔޮ ބޮޑުތަނުން އަގުހެޔޮކޮށް ވިއްކާ ޕްރަމޯޝަނެއް ފަށައިފި!

އުފަންވެލި ޝޮޕްތަކުން އާފަލާ ދޮންކެޔޮ ބޮޑުތަނުން އަގުހެޔޮކޮށް ވިއްކާ ޕްރަމޯޝަނެއް ފަށައިފި!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 40 ސިކުންތު

އުފަންވެލި ޝޮޕްތަކުން އާފަލުގެ ބާވަތްތައް ބޮޑުތަނުން އަގުހެޔޮކޮށް ވިއްކާ ޕްރަމޯޝަނެއް ފަށައިފިއެވެ. 

އުފަންވެލި ޝޮޕްތައް ހިންގާ މަޑިހާ ކޮމްޕެނީން ބުނެފައިވަނީ މިއަދުން ފެށިގެން ސްޓޮކް ހުސްވަންދެން ކުރިއަށް ގެންދާ މިޕްރަމޯޝަނުގައި: 

އީރާނުގެ ރަތް އާފަލެއް ވިއްކާނީ އެންމެ 2.50 އަށް ކަމަށާއި 10 ކިލޯގެ ކޭހެއް ވިއްކާނީ 160 ރުފިޔާއަށް ކަމަށް- 

އިޓަލީގެ ކްޔީން ރަތް އާފަލެއް ވިއްކާނީ 4 ރުފިޔާއަށް ކަމަށާ 138 އަދި 150 ކައުންޓުގެ ކޭހެއް ވިއްކާނީ 400 ރުފިޔާއަށް ކަމަށް 

ފްރާންސުގެ ރޯޔަލް ރަތް އާފަލެއް ވިއްކާނީ 4.50 އަށް ކަމަށާ 138 އަދި 150 ކައުންޓްގެ ކޭހެއް ވިއްކާނީ 560 ރުފިޔާއަށް ކަމަށް އަދި އިޓަލީގެ ރޯޔަލް ރަތް އާފަލެއް ވިއްކާނީވެސް 4.50 އަށް ކަމަށާ 138 އަދި 150 ކައުންޓްގެ ކޭހެއް ވިއްކާނީ 550 ރުފިޔާއަށް ކަމަށެވެ. އަދި ކަވެންޑީޝް ބަނާނާ ކިލޯއެއް ވިއްކާނީ 35 ރުފިޔާއަށް ކަމަށާއި 13 ކިލޯގެ ކޭހެއް ވިއްކާނީ 380 ރުފިޔާއަށް ކަމަށްވެސް ބުނެފައިވެއެވެ. 

އޮރެންޖްވެސް އެންމެ އަގުހެޔޮކޮށް ވިއްކަނީ އުފަންވެލި ޝޮޕްތަކުންނެވެ. އޮރެންޖެއް 2.50 އަށް ވިއްކާއިރު 100 ކައުންޓުގެ ކޭހެއް ވިއްކަނީ 240 ރުފިޔާއަށެވެ. 

މީގެ އިތުރުންވެސް މޭވާގެ ގިނަ ބާވަތްތަކެއް އުފަންވެލި ޝޮޕްތަކުން މިހާރުވެސް ގެންދަނީ ބާޒާރަށްވުރެ ބޮޑުތަން އަގުހެޔޮކޮށް ވިއްކަމުންކަން ފާހަގަކުރެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު