އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޮށުން ފަޅައިގެން ހެދޭ ނުވަތަ ގޮފި އިންދުމުން ހެދޭ ގަހުން ލިބޭ ތަރުކާރީން ހަކުރުބައްޔަށާ ސަރުބީ ވިރުވަން، ބަނޑު ހިންދަން ލިބޭ އެހީތެރިކަން ބޮޑުވޭ!

އޮށުން ފަޅައިގެން ހެދޭ ނުވަތަ ގޮފި އިންދުމުން ހެދޭ ގަހުން ލިބޭ ތަރުކާރީން ހަކުރުބައްޔަށާ ސަރުބީ ވިރުވަން، ބަނޑު ހިންދަން ލިބޭ އެހީތެރިކަން ބޮޑުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

އޮށް ބިމުގައި އިންދިމުން ފަޅައިގެން ހެދޭ ގަހުންނާއި ގަހުގެ އޮފިގަނޑު އިންދައިގެން ހައްދާ ގަހުން ލިބޭ ތަރުކާރީ އާއި އެގަހުގެ ފަތުން ހަކުރުބައްޔަށާއި ހަށިގަނޑުގައި އުފެދޭ ސަރުބީ ވިރުވަން ލިބޭ އެހީތެރިކަން ބޮޑުވާކަމަށް ދިރާސާއަކުން ދައްކައިފިއެވެ. 

އެދިރާސާގައި ބުނެފައިވަނީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހައްދާ ތަރުކާރީން ލިބޭ ފައިދާއަށްވުރެ ޤުދްރަތީ ގޮތުން ހެދޭ ގަހުގެ ތަރުކާރީ އާއި އެގަސްތަކުގެ ފަތުން ކުރާ ފައިދާ ބޮޑު ކަމަށެވެ. 

"އެތައް ހާސް ބައަކަށް ދެބާވަތް ކާންދީގެން ކުރި ތަޖުރިބާއިން އެނގުނީ ސަރުބީ ވިރުވަންވެސް ޤުދްރަތީ ގަހުން ކުރާ ފައިދާ މާބޮޑުކަން. ޚާއްޞަކޮށް ބަނޑު ހިންދަން ނުވަތަ ހިކުން (ފާޚާނާކުރަން އުނދަގޫވުން)، ބަނޑު ހަރުވުމުން ސަލާމަތްވާން ޤުދްރަތީ ގަހުގެ ފައިދާ މާބޮޑުކަން. ފެނުގައި އުފައްދާ ގަސްތަކުން ކުރާ ފައިދާ ކުޑަކަން." 

"މިދިރާސާ ކޮށްފައިވަނީ ވަރަށް ގިނަ ދުވަހުން. ދިރާސާގެ މަސައްކަތް 20 ވަރަކަށް އަހަރަށް ކުރިއަށް ގެންދެވިފައިވޭ. ބައިވެރިންނަށް އަންނަ ބަދަލުތައް ވަނީ ވަރަށް ރަނގަޅަށް ބެލެހެއްޓިފަ. ފެނުގަ އުފައްދާ ތަރުކާރީގެ ބާވަތްތައް ބަލާލަން ރީތިވެދާނެ. ތައްޔާރުކޮށްލަންވެސް ފަށޭހަވެދާނެ. ނަމަވެސް ކުރާ ފައިދާ ބޮޑުތަނުން ކުޑަވޭ." ދިރާސާގައި ބުނެފައިވެއެވެ. 

ހަކުރުބަލިން ސަލާމަތްވުމަށާއި ސަރުބީ ވިރުވައި ހިކި ލޫޅާފަތިވާން ގިނަ ބައަކު ތަރުކާރީ އާއި މޭވާގެ ބާވަތްތައް ބޭނުންކުރަމުން ގެންދާއިރު މިފަދަ ކަންކަމަށް ސަމާލުކަން ދިނުމުން ކުރާނެ ފައިޑާ ބޮޑުވެގެންދާނެކަން ފާހަގަކުރެވެއެވެ. 

- މަޢުލޫމާތު: ޞިއްޙީ ޚަބަރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް