އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 52 ސިކުންތު
މަސްވެރިކަމާ ބެހޭ ވުޒާރާއިން މިއަދު ހާމަކުރި ގޮތުގައި ރާއްޖޭގެ އިތުރު 2 ސަރަހައްދެއްގައި ދޮށީގެ މަސްވެރިކަމަށް ޚާއްޞަ ކަނދުފަތި އަޅައިފިއެވެ. މި ކަނދުފަތިތައް އަޅައިފައިވަނީ ކ އަތޮޅާއި ނ އަތޮޅުގައެވެ.
ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އެންމެފަހުން ކަނދުފަތި އަޅައިފައިވަނީ ނ. މާފަރުގެ އިރުން 9.5 މޭލު ބޭރުންނާއި، ކ. ގާފަރުގެ އިރުން 13.5 މޭލު ބޭރުގައެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އަޅާފައިވާ ކޮންމެ ކަނދުފައްޗަކަށްވެސް ޚާއްސަ ނަންބަރެއް ދީފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.
ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ކުރާ ފަރާތްތަކުގެ މަސައްކަތަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެއް ދިމާލަކަށް މަސްޖަމާވާ ގޮތަށް ކަނޑަށް ފައްތާފައި އޮންނަ ބޮއެކެވެ. މި ކަނދުފަތިތަކުގެ ސަބަބުން މަސްވެރިންނަށް މަސް ހޯދުމަށް ދަތުރުކުރަންޖެހޭ ދުރުމިން ކުޑަވެ، ތެލާއި ވަގުތު ސަލާމަތްކުރެވޭނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކަނދުފަތިތައް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.
Advertisement
10 އޭޕްރީލް 2025