އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޗައިނާއިން ލޯނުގެ ގޮތުގަ ދިވެހި ސަރުކާރަށް އެއްވެސް ފައިސާއެއް ދީފައެއް ނުވޭ!

ޗައިނާއިން ލޯނުގެ ގޮތުގަ ދިވެހި ސަރުކާރަށް އެއްވެސް ފައިސާއެއް ދީފައެއް ނުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު

ޗައިނާއިން ދިވެހި ސަރުކާރަށް ލޯނުގެ ގޮތުގައި 1.5 ބިލިއަން ޑޮލަރު ދީފައިވީ ނަމަވެސް އެއިން އެއްވެސް ފައިސާއެއް ނަގުތުގެ ގޮތުގައި ދިވެހި ސަރުކާރަށް ދީފައި ނުވާކަމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާން ލީޒޯން ވިދާޅުވެއްޖެއެވެ.

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ ދިވެހި ސަރުކާރަށް ޗައިނާއިން 700 ވަރަކަށް މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީތައް ހަަމޖައްސައިދީފައި ވާނެ ކަމަށާއި އެއިގެ ތެރެއިން އަދި ބޭނުންކުރެވުނީ 600 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި ލޯނުތައް ހަމަޖައްސައިދީފައިވާނީ އެންމެ 2 އިންސައްތައިގެ ވަރަށް ކުޑަ އިންޓަރެސްޓެއްގައި ކަމަށެވެ. 

ސަފީރު ވިދާޅުވީ މީގެ އިތުރުން 900 މިލިއަން ޑޮލަރުގެ ލޯނު ފެސިލިޓީ ސަރުކާރުގެ ކުންފުނިތަކަށް ދީފައިވާނެ ކަމަށާއި ނަމަވެސް އެލޯނުތައްވެސް އެކުގައި އަދި ބޭނުންކޮށްފައި ނުވާ ކަމަށެވެ. "ޗައިނާއިން ލޯނު ހަމަޖައްސައިދެނީ ރާއްޖޭގައި މަސައްކަތްކުރާ ކުންފިނިތައް ކުރާ މަސައްކަތްތަކަށް އެކުންފުނިތަކަށް އަގު ދައްކާގޮތަށް. ވީމާ އެއްވެސް ލޯނެއްގެ އެއްވެސް ފައިސާއެއް ދިވެހި ސަރުކާރަކަށް ނުލިބޭނެ. ލިބޭނީ ޗައިނާގެ ކުންފުނިތަކަށް. ލޯނުތައް ސަރުކާރަށް ދޫކޮށްފައިވާނީ 5 އަހަރުގެ ގްރޭސް ޕީޜިއަޑަކާއިއެކު 20 އަހަރުން ދައްކަން."

ހޮނިހިރު ދުވަހު ޗައިނާއިން ބުނެފައިވަނީ ރާއްޖެއަށް އެހީތެރިވެފައި ވާނީ އެއްވެސް ސިޔާސީ މަޤްޞަދެއްގައި ނޫން ކަމަށާއި ރާއްޖޭގެ އިޖުތިމާޢީ، އިޤްޠިޞާދީ ކުރިއެރުމަށް ކަމަށެވެ. އަދި ދިވެހި ސަރުކާރަށް ނުކުރެވި ހުރި ކަންކަން ކޮށދީގެން ރައްޔިތުންނަށް އިޖުތިމާޢީ އަދި އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. 

 

ޝަންހާއީ އެކަޑަމީ އޮފް ސޯޝަލް ސައިންސްގެ އިންސްޓްޓިޔުޓް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ރިސަރޗް ފެލޯ ހޫ ޒިޔޯންގ ޢާއި ހަވާލާދީ ޗައިނާގެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ ޗައިނާއިން ރާއްޖެއަށް ޗައިނާއިން ދީފައިވަނީ 1.5 ބިލިއަން ޑޮލަރުގެ ލޯނު އެހީ ކަމަށާއި އެ ފައިސާއިން ރާއްޖޭގައި ހިންގާފައިވަނީ އިޖުތިމާޢީ ގޮތުން އަދި އިޤްޠިޞާދީ ގޮތުން ރާއްޖޭގެ ރައްޔިތުންނަށް ފައިދާ ކުރާނެ މަޝްރޫޢުތައް ކަމަށެވެ. އަދި މިއިން އެއްވެސް މަޝްރޫއަކަށް އެހީތެރިވެދީފައިވަނީ ސިޔާސީ އެއްވެސް މަޤްޞަދެއް އޮވެގެން ނޫން ކަމަށެވެ. "މިއީ ޤައުމުތަކަށް އެހީތެރިވުމަށް ޗައިނާއިން ކުރިއަށް ގެންދާ ބްރިޖް  އެންޑް ރޯޑް އިނިޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންގޮސްފައިވާ ކަންކަން."

 

ހޫ ބުނެފައިވަނީ އަލުން ކަންކަން ބެލުމުގެ ޗައިނާ އިން ރާއްޖޭގައި ހިންގަމުން ގެންދާ މަޝްރޫޢުތައް ހުއްޓުވައިފާނެ ކަމަށެވެ.

 

"ރާއްޖެއަށް ބޭނުންވާ އިޤްޠިޞާދީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ. ރާއްޖޭގެ އިޤްޠިޞާދި މިނިވަންކަމަށް ހުރަސް ނުއެޅޭނެ ގޮތަކަށްތޯ އިންޑިއާއިން ކަންކަން ކުރަނީ ބަލަން ތިބޭ. ނިމިގެންދާނީ ރާއްޖޭގެ އިޤްޠިޞާދީ މިނިވަންކަމަށް ހުރސް އެޅިގެންކަން ފެންނާނެ. ރާއްޖެއަކީ އިންޑިއާއަށް ބަރޯސާވާންޖެހޭ ޤައުމަކަށް ވާންޖެހިގެން މިދަނީ." އެނޫހުގައި ބަޔާންކޮށްފައިވެއެވެ.  

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް