އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެޗް.އެލް.އޭ ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް ބާއްވައިފި

އެޗް.އެލް.އޭ ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް ބާއްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 11 ސިކުންތު

ތެލަސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް އަށް ދިމާވޭތޯ ބަލަން ހަދާ ޓެސްޓް ކަމަށްވާ އެޗް.އެލް.އޭ ޓެސްޓަށް ސާމްޕަލް ނެގުމުގެ ކޭމްޕެއް ބާއްވައިފިއެވެ.

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަންޖެހޭ އެޗް.އެލް.އޭ ޓެސްޓަކީ މީގެ ކުރިން ރާއްޖެއިން ބޭރުން ހަދަމުން އަންނަ ޓެސްޓެކެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން ރާއްޖެއިން މި ޓެސްޓް ހެދޭނެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެޗް.އެލް.އޭ ޓެސްޓު ހަދަން ބޭނުންވާ ފަރާތްތަކަށް ރާއްޖޭގައި ތިބެގެން އެކަން ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ބޭރުގެ ޓީމެއްގެ އެހީއާއެކު އެކަމަށް ބޭނުންވާ ޚާއްސަ ސެޓްއަޕެއް ހެދުމަށްފަހު ސާޕަލް ނަގާ، ޓެސްޓް ހަދައެވެ.

މި ޓެސްޓްގެ އެހީގައި ތެލެސީމިއާ ކުދިންގެ ތެރެއިން ޓްރާންސްޕްލާންޓް ހަދަން ބޭނުންވާ ކުއްޖާ އާ ޑޯނަރ އާއި ދިމާވޭތޯ ދެނެގަނެވެއެވެ.

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށް ވާއިރު، މިދިޔަ އަހަރު ތެލެސީމިއާ ބަލި ތަޙައްމަލް ކުރަމުންދިޔަ 14 ކުށްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ. އޭގެ ތެރެއިން ބައެއް ކުދިންގެ ފަރުވާ ކުރިއަށްދާއިރު އަނެއްބައި ކުދިންވަނީ ފަރުވާ އެއްކޮށް ނިމި ރާއްޖެ އައިސްފައެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް