އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުކުރު މިސްކިތް މަރާމާތުކުރުމުގައި ބޭނުންކުރި މެޓީރިއަލްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި: ތަރިކައާބެހޭ ވަޒީރު

ހުކުރު މިސްކިތް މަރާމާތުކުރުމުގައި ބޭނުންކުރި މެޓީރިއަލްގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައި: ތަރިކައާބެހޭ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ހުކުރު މިސްކިތް މަރާމާތުކުރުމުގައި ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން އެ މިސްކިތަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ހުކުރު މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ހުއްޓާލާފައިވަނީ މިހާރުގެ ސަރުކާރުން ނޫން ކަމަށެވެ. އެ މަސައްކަތް ހުއްޓިފައިވަނީ ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ 6 މަސް ކުރިން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ފޮޓޯތަކަށް ބަލާލީމަ އަޅުގަނޑުމެންނަށް ފެނޭ ބެރިތައް ވަރަށް ބޮޑަށް ހަލާކުވެފައިވާތަން. ހަމައެހެންމެ ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތައް ވެފައި ހުރިތަން. އާދެ، ބައެއް މަތިވަޑާންގަނޑުގެ ލިޔުންތައް މުޅިންހެން ކެމިކަލްގެ ސަބަބުން ފޮހެވި، ހަލާކުވެފައިވާތަން," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިސްކިތުގެ އަސްލަށް ގެއްލުން ލިބިފައިވަނީ މަސައްކަތް ކުރެވިފައިވާ ގޮތުން އިހުމާލުވެފައިވާތީ ކަމަށެވެ. އަދި ތަނބުތަކެއް ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވަނީ ކުރީގެ ސަރުކާރުގައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި، ތަރިކައިގެ ދާއިރާ ތަރައްޤީކުރުމަށް މުހިންމު މަޝްރޫޢުތަކެއް މިހާރުގެ ސަރުކާރުން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕްލޭނާ އެއްގޮތަށް، ރާއްޖޭގައި ހުރި ތަރިކައާ ގުޅުންހުރި މުހިންމު ތަންތަން ހިމާޔަތްކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތަށް މަސައްކަސައްކަތްތައް ކުރިއަށްދާ ކަމަށްވެސް ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވިއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު