އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާޚިރަތް ލިބުމަށް އެދޭމީހާ ހަމައެކަނި ރަމަޟާންމަހަށް މުސްލިމަކަށްވެގެން ނުފުދޭނެ!: މުފްތީ މެންކް

އާޚިރަތް ލިބުމަށް އެދޭމީހާ ހަމައެކަނި ރަމަޟާންމަހަށް މުސްލިމަކަށްވެގެން ނުފުދޭނެ!: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

މިއަހަރުގެ ރަމަޟާން މަސް ނިމިގެން ދިއައީއެވެ. ގިނަ ބައަކު ވަރަށް ގިނައިން އަޅުކަންކުރަން މަސައްކަތްކުރިއެވެ. ނަމަވެސް ވިސްނައިލުން މުހިންމު ކަންކަން އެބަހުއްޓެވެ.

މުސްލިމުންގެ އަމާޒަކަށް ހަދަންޖެހޭނީ ހަމައެކަނި ރަމަޟާން މަހުގައި އަޅުކަންކުރުމެއް ނޫނެވެ. ދުނިޔޭގައި ހުރި ކޮންމެ ދުވަހަކު ވެސް އަޅުކަންކުރުމެވެ. މުސްލިމުންނަށް އޮތީ ރަމަޟާންމަހު އަލުކަންކުރުން ގިނަކުރުމެވެ. ހަމައެކަނި ރަމަޟާންމަހު އަލުކަން ކުރާ މީހަކީ ފުރިހަަމ މުސްލިމަކަށް ވެވޭނެ ގޮތެއް ނުވިސްނެއެވެ.

ﷲ ތަޢާލާގެ ވަޙީބަސްފުލުގައިވަނީ މިފަދައިންނެވެ.

ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވަނީ މިފަދައިންނެވެ. "އަދި ކަލޭގެފާނުގެ އަރިހަށް ޔަޤީންވެގެންވާ ކަންތައް އެބަހީ: މަރު) އަތުވެއްޖައުމަށްދާންދެން ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރައްވާށެވެ!" (އަލްޙިޖްރް: 99)

"މަސްޖިދުއްރަމަޟާން" ކިޔާ އެއްވެސް މިސްކިތެއް ނުހުރެއެވެ. އެކަމަކު ރަމަޟާން މަސް އައުމުން މިސްކިތްތައް ފުރާލަމުއެވެ. ރަމަޟާން މަސް ދިއުމުން މިސްކިތްތައް ފަޅުކުރަމުއެވެ. މި ނުބައި އާދަ މުޅިން ދޫކޮށްލަން އެބަ ޖެހެއެވެ. ވީމާ މާޒީގައި އެގޮތަށް އެކަން ކުރެވިފައިވީ ނަމަވެސް މިއަހަރުން ފެށިގެން އެކަން އެގޮތަށް ނުކުރުމަށް އަވަހަށް ޢަޒުމް ކަނޑައަޅާށެވެ!

  • މުފްތީ މެންކްގެ ދަރުސަކުން

މުފްތީ މެންކު ވިދާޅުވެފައިވާ މި ބަސްފުޅަކީ ހަމަ އަޅުދިވެހިރާއްޖޭގައިވެސް ފެންނަމުން އަންނަ ކަމެކެވެ. ރަމަޟާން މަސް ފެށުމާއިއެކު މިސްކިތްތައް ދަނީ ފުރި ބާރުވަމުންނެވެ. ބޭރުގައި ކުނާއަޅައިގެންވެސް ނަމާދުކުރަމުންނެވެ. ނަމަވެސް ފުރަތަމަ 10 ނިމޭއިރުވެސް ބަދަލުތައް އަންނަން ފަށައެވެ. މަހުގެ 27 ވަނަ ދުވަހާއި ހަމައިން ގިނަ ބައަކު މިސްކިތްތައް ދޫކޮށްލައެވެ.

މުފްތީ މެންކް ފާހަގަކުރައްވާފައި އެވަނީ މިފަދައިން ޢަމަލުކޮށްގެން ފުރިހަމަ މުސްލިމުން ކަމުގައި ނުވާނެ ކަމެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް