އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު
އަހުރެން މިބަސްކޮޅު ބުނެލަންދެން އިހަށް ކައްވަޅަށް ފަސްނާޅައި މަޑުކޮށްލަބަލާށެވެ! މިތަނުގައި މިތިބަ އެންމެންނޭވެ! މިވަޅުގަނޑަށް ބަލާށެވެ! ޤަބުރު ނޫން އެއްވެސް އެއްޗެއް އެބަފެނޭހެއްޔެވެ؟ (ޤަބުރު ފެންނަކަމަށް އެވިދާޅުވީ ސަންދޯކަށް ނުލައި ވަޅުލާތީއެވެ.) އޭނާގެ އަތުގައި މިލިއަނުން ހުރި ފައިސާތަކާއި ގެންގުޅުނު އަގު ބޮޑު ކާރުތައް ކޮބައިހެއްޔެވެ؟ އަޅާފައި ހުރި ބޮޑެތި ގެތައް ކޮބައިހެއްޔެވެ؟ ދެންވެސް ހުރި މުދައުތައް ކޮބައި ހެއްޔެވެ؟
އެހުރިހާ އެއްޗެއްވީ ހުރިތަނެއްގައެވެ. ކައްވަޅަށް ހަމައެކައްޗެއްވެސް ނުގެންދެވުނެވެ. އެންމެ ރަނގަޅެވެ. ވެލީގެ ބަދަލުގައި ރަންއަޅައި ވަޅުގަނޑު ފުރާލިއްޔާ އެކަމުން އޭނާއަށް އެއްވެސް ފައިދާއެއް ކުރާނެ ހެއްޔެވެ؟ ނުކުރާނެކަން ޔަޤީނެވެ.
މީސްތަކުންނޭވެ! މިވަޅުގައި ހަލާކުވެފަނާވެދާން އޮންނާނީ އޭނާގެ މަސްގަނޑެވެ. އޭނާގެ ފުރާނަވީ ތަނެއް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ފުރާނަ ކޮންމެ ތަނެއްގައިވީނަމަވެސް ޤިޔާމަތާއި ހަމައަށް އޭނާއަށް ދާނީ ޢަޛާބު ނުވަތަ ޘަވާބު ލިބެމުންނެވެ. ބަރުޒަޚުގެ ޢާލަމުގައިވެސް އަދި ޢާޚިރަތް ދުވަހުވެސް ޢަޛާބުން ސަލާމަތްވާން ބޭނުންނަމަ ފުރަތަމަ ކަމަކަށް މިވަޅުގަނޑަށް އެރި އެކަނި އޮންނަން ޖެހޭނެ ދުވަހަށް ތައްޔާރުވާށެވެ!
- ޝައިޚް މުޙައްމަދު ހޮބްލޮސް ޖަނާޒާއެއްގައި ދައްކަވާފައިވާ ވާހަކަފުޅަކުން
Advertisement
18 އޭޕްރީލް 2025