އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގެންވާ މިންވަރުގެ ބޮޑުކަން- ޙަދީޘްފުޅުން-

ﷲ ތަޢާލާ ތިބާ ދެކެ ލޯބިވެވޮޑިގެންވާ މިންވަރުގެ ބޮޑުކަން- ޙަދީޘްފުޅުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 50 ސިކުންތު

ﷲ ތަޢާލާ އެންމެހައި މީސްތަކުންދެކެ އިންތިހާއަށް ލޯބިވެވޮޑިގެންވެއެވެ. މުސްލިމުން ދެކެ އެކަންޏެއް ނޫނެވެ. އެންމެހައި މީސްތަކުން ދެކެއެވެ. އެނިޢުމަތް އެމީހަކަށް ލިބެން އޮތީ އެކަމަށް އެދިގެން އެމީހަކު މަސައްކަތްކުރިވަރަކުންނެވެ. 

މުސްލިމުންނަށް އޮތީ ގިނަގިނައިން ތައުބާވުމާއި ހެޔޮ ޢަމަލުތައްކުރުން ގިނަކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރުމެވެ. ކާފިރުންނަށް އޮތީ ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް އިސްލާމްވެ މުސްލިމެއްގެ ގޮތުގައި ދިރިއުޅެން މަސައްކަތްކުރުމެވެ. 

ޙަދީޘްގެ ތަފްޞީލް:

ނިކަން ބައްލަވާ މި އަޖައިބު ކުރުވަނިވި ޙާދިސާއަށް. ޞަޙާބީ ބޭކަލުން ރިވާ ކުރައްވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ތިމަން ބޭކަލުން ތިއްބެވީމެވެ. ވަޤުތަކީ އިރު އޮއްސެން ކައިރިވެފައިވާ ވަޤުތެވެ. ވަގުތަކީ މަދީނާގެ ތެރެއަށް ބޭރުން އައި ހަނގުރާމައަށް ނިކުމެފައިވާ މުސްލިމުންގެ ލަޝްކަރެއް އެނބުރި މަދީނާގެ ތެރެއަށް ވަންނަމުން ދިޔަ ވަޤުތެވެ. އޮއްސެމުންދާ އިރާއިއެކު އަނދިރިކަން ވެރިވެފައި ވީއިރުގައި މީސްތަކުން ރަށުގެ ތެރެއަށް ވަންނަމުން ދިޔަ އިރުގައި ބައިބޯކަމުގެ ސަބަބުން ހަލަބޮލިކަން އުފެދިފައިވާ ވަގުތެކެވެ. 

ގާތުން ބުއްދޭ ދަރިފުޅަކު އުރާލައިގެން ހުރި މަޔަކު އޭނާ ގެންގުޅުނު ދަރިފުޅު އޭނާގެ އަތުން ދޫވެ އެ ކުއްޖާ މީސްތަކުންގެ ތެރޭގައި ގެއްލިއްޖެއެވެ. އެހިނދު އެ އަންހެންމީހާ އޭނާގެ އެ ތުއްތު ތުއްތު ދަރިފުޅު ހޯދުމަށްޓަކައި އެނބުރިގަތް މަންޒަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޞަޙާބީ ބޭކަލުންނަށް ދައްކަވަނީ. އެ އަންހެނާ އޭނާގެ ދަރިފުޅު ފެނުމާ އެކުގައި ވީ އުފަލުން، ވީލޯބިން މައި ލަގޮނޑިއަށް ކުރި އަސަރާއި އެކު އޮތް ބިރާއި އެކު އުރާލާ ގަޔާލާ ފިއްތާލިވަގުތު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވަނީ ތިޔަ ބޭކަލުންނަށް ފެނިވަޑައި ގަންނަވާހޭ އެހެރަ އަންހެނާ އޭނާގެ އެ ތުއްތު ތުއްތު ދަރިފުޅާއި މެދުގައި ކަންތައް ކުރި ގޮތް. ތިބޭފުޅުން ޤަބޫލު ކުރައްވަން ހެއްޔޭ އެ އަންހެނާ އޭނާގެ އެ ދަރިފުޅު އަލިފާނުގެ ތެރެއަށް އެއްލައިލުމަށް ދޫކޮށްލާނެކަމަށް. 

އެހިނދު ޞަޙާބީ ބޭކަލުން ވިދާޅުވަނީ ނޫނެކޭ. ހަމަހިލާ އެ އަންހެނާ އޭނާގެ އެ ދަރިފުޅު އަލިފާނުގެ ތެރެއަށް އެއްލާލުމަށް ދުލެއް ނުކުރާނެތެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދޘް ކުރައްވަނީ ﷲ ގެ ރަޙުމާއި އޯގާތެރިކަން، އެ އިލާޙުގެ އަޅާޔާއި މެދަށް އެ މައިމީހާ އެ އަންހެންމީހާގެ އެ ތުއްތު ތުއްތު ދަރިފުޅަށް އޮތް އޯގާތެރިކަމާއި ލޯތްބަށްވުރެން ބޮޑުވެގެންވޭ. 

- ސޯޝަލްމީޑިއާއިން 

ލޮބުވެތި އަޚުންނާއި އުޚުތުންނޭ، ކީއްވެތޯ ފަސް ޖެހެންވީ. އަޅުގަނޑުމެންގެ މައިމީހާއަށްވުރެ އަޅުގަނޑުމެންނަށް ލޯބިވޮޑިގަންވާ ރަޙުމަތް ހުރި ފަރާތަކީ އަޅުގަނޑުމެންގެ ޚާލިޤު. ނުވިތާކަށް އަޅުގަނޑުމެންގެ ތެރެއިން މީހެއްގެ އަމިއްލަ ނަފްސަށްވުރެން، އަޅުގަނޑު ނުވަތަ ތިޔައިގެ ތެރެއިން ބޭކަލަކު، ބޭކަނބަލަކު އަމިއްލަ ނަފްސަށް އެދޭ ހެވަށްވުރެ، ރަޙުމަށްވުރެ، އޯގާތެރިކަމަށްވުރެ އެއިލާޙު ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އެދިވޮޑިގަންނަވާ ރަޙްމާއި އޯގާތެރިކަން ބޮޑުވެގެންވާނެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް