އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝިފާނުލިބޭނެކަމަށް ޑޮކްޓަރުން ބުނާއިރުވެސް އެކަމަށް މާޔޫސްނުވެ ﷲ އަށް ދުޢާކުރަނިކޮށް މަރުވުމަކީ ސުވަރުގެ ދެއްވެވުން ވަރަށް ގާތުގައި އޮތް ކަމެއް!: އިން ޝާ ﷲ

ޝިފާނުލިބޭނެކަމަށް ޑޮކްޓަރުން ބުނާއިރުވެސް އެކަމަށް މާޔޫސްނުވެ ﷲ އަށް ދުޢާކުރަނިކޮށް މަރުވުމަކީ ސުވަރުގެ ދެއްވެވުން ވަރަށް ގާތުގައި އޮތް ކަމެއް!: އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 47 ސިކުންތު

މީސްތަކުންނަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ﷲ ތަޢާލާ ޢާއިމެދު ވިސްނައިލެވޭ މިންވަރުކުޑަވުމުން ބައެއްކަންކަމުގައި އޮޅި ފަހަތަށް ޖެހެވެނީއެވެ. އެކަމަށް އޮތް ޙަލަކީ ﷲ ތަޢާލާގެ ދީލަތިވަންތަކަމާއިމެދު ވިސްނައި ފިކުރުކުރުން ގިނަކުރުމެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ފުރިހަމަ ގޮތުގައި އިތުބާރުކުރެވޭނީ މިބުނި މަގުން ވިސްނައި ފިކުރުކުރާ މީހަކަށެވެ.  

ޑޮކްޓަރުން ބުނަނީ އެމީހާ ދެން ގަދަނުވާނެ ކަމަށެވެ. ބައްޔަށް ޝިފާއެއް ނެތް ކަމަށެވެ. ނަމަވެސް އޭނާ ﷲ ތަޢާލާގެ ޙަޟްރަތުން އުންމީދު ކަނޑައެއް ނުލައެވެ. ހުރީ ދުޢާކުރުންމަތީގައި ކެތްތެރިކަމާއިއެކުގައެވެ. އެކަމާއި ކަންބޮޑުވެ ޝަކުވާތަކެއްވެސް ނުކުރެއެވެ. އޭނާ ހުރީ ފުރިހަމަގޮތުގައި ﷲ ތަޢާލާއަށް ވަކީލްކޮށްގެންނެވެ.  

އެހެން ހުއްޓައި ނުވަތަ އެޙާލުގައި އޮއްވައި ޝިފާ ނުލިބި އޭނާ މަރުވަނީއެވެ. އޭނާ މަރުވުމުން ޢާއިލާގެ މީހުންނާއި އެކުވެރިން ވަރަށް ހިތާމަވެސް ކުރާނެއެވެ. އެހެނަސް އެމީހަކަށް އޮތީ އުފާވެރިކަމެވެ. އިން ޝާ ﷲ  

އޭނާ އެޙާލުގައި އުޅެފައި ދުނިޔެދޫކޮށް ﷲ ތަޢާލާގެ ޙަޟްރަތަށް އެދިއައީ ވަރަށް އުފަލުގައެވެ. ކެތްތެރިއެއްގެ ގޮތުގައެވެ. ﷲ ތަޢާލާގެ ރަޙްމަތުން އުންމީދުކަނޑާނުލައި ވަކީލްކުރުންމަތީގައެވެ.  

މިބަޔާންކުރި ޙާލުގައި އޭނާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް ގެންދެވޭ ވަޤުތު އެފުރާނައަށް ނިކަމެތި ކަމެއް މިންވަރުކުރައްވަވާނެ ކަމަށް ހީކުރަން ހެޔޮވެސް ނުވާނެ ނޫން ހެއްޔެވެ؟  

މިފަދަ ޙާލަތާއިބެހޭގޮތުން އެނގެންހުރި ކަންކަމަށްބަލާއިރު އޭނާކުރި ދުޢާ ދުނިޔޭގައި ޢިޖާބަ ނުކުރައްވަވައި އޭނާގެ ފުރާނަ ﷲ ތަޢާލާގެ ޙަޟްރަތަށް އެއުފުއްލުނީ ﷲ ތަޢާލާ އެގޮތަށް އެކަންވުމަށް ލޯބިފުޅުވެވޮޑިގަންނަވާތީއެވެ. ވީމާ އެފަދަ މީހަކަށް އޮންނާނީ ކޮން ހިތާމައެއް ހެއްޔެވެ؟  

މިކަން ނުއެނގި ތިބެ ބައެއް މީހުންނަށް ނުބައި ބަސްތައް ބުނެވެއެވެ. މިޘާލަކަށް ބޮޑު ބައްޔަކަށް ޝިފާނުލިބި ހެޔޮލަފާ މީހަކު މަރުވެއްޖެނަމަ އެއީ އެމީހާގެ ހުރި ނުބައިކަމުން ކަމަށް އެބަ ތުހުމަތުކުރެވެއެވެ. އެއީ ކުރެވޭ ވަރަށް ބޮޑު ކުށެކެވެ. ވަރަށް ބޮޑު ފާފައެކެވެ. އޭނާއަށް ޝިފާ ނުދެއްވަވައި ﷲ ތަޢާލާގެ ޙަޟްރަތަށް އެގެންދެވީ މިބުނި ގޮތަށް ނޫންކަން އެނގެނީ ކާކަށް ހެއްޔެވެ؟ އެނގުނީ ކިހިނަކުން ހެއްޔެވެ؟

ބަލިޙާލުގައި އޮވެ މިބުނިފަދައިން ޢަމަލުކުރި މީހަކު ބަލީގައި މަރުވިނަމަވެސް ހިތާމަކުރުމެއް ނެތެވެ. އެއީ އޭނާއަށް އެންމެ ފައިދާބޮޑު، އެންމެ އުފާވެރި ގޮތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް