އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި

ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.

މިކަން މިގޮތަށް ކުރަން ކަސްޓަމްސް އިން ނިންމީ 02 ފެބްރުއަރީ 2025ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްޓަކައެވެ.

އެހެންކަމުން މަތީގައި ދެންނެވިފައިވާ ޚިދުމަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހަޅަންވާނީ ނޭޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމް (https://tradian.gov.mv) މެދުވެރިކޮށެވެ.

މިގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި 2025ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް ކާގޯ މެނިފެސްޓާއި "ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ)" އާގުޅޭ މަޢުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށް ކަސްޓަމްސް އިން ވިދާޅުވިއެވެ.

އަދި 1 ޖޫން 2025 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރެއްވުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކުގެ ސަމާލުވުމަށް ކަސްޓަމްސް އިން ވަނީ އެދިވަޑައިގެންފައެވެ.

ކަސްޓަމްސް އިން ވަނީ ޓްރޭޑިއަން ޕޯޓަލްގައި ރަޖިސްޓްރީވުމާއި ޕޯޓަލް މެދުވެރިކޮށް ޚިދުމަތްތައް ހޯއްދެވުމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، ޓްރޭޑިއަންގެ ސަޕޯޓް (ފޯން:3334001)އަށް ގުޅުއްވާ ނުވަތަ [email protected]އަށް އީމެއިލް ކުރެއްވުން އެދިވަޑައިގެންފައެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު