އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ބޮޑު އަމާޒަކީ އައު އީޖާދުތަކާއިއެކު ޒުވާނުން ދަނޑުވެރިކަމަށް ނެރުން: މެޕް

އެންމެ ބޮޑު އަމާޒަކީ އައު އީޖާދުތަކާއިއެކު ޒުވާނުން ދަނޑުވެރިކަމަށް ނެރުން: މެޕް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

އެންމެ ބޮޑު އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތަށް އައު އީޖާދުތައް ތަޢާރަފް ކުރުމާއިއެކު މި ދާއިރާއަށް، ޒުވާނުން ނިކުންނަ ނިސްބަތް އިތުރުކުރުވުންކަމަށް މޯލްޑިވްސް އެގްރި ބިޒްނަސް (މެޕް) އިން ބުނެފިއެވެ.

އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި "މޯލްޑިވްސް އެގްރި ބިޒްނަސް " ގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އެ ޕްރޮގްރާމް ގެ އެމް އެންޑް އީ ސްޕެޝަލިސްޓް ފާތިމަތު ތަސްނީމް ވިދާޅުވީ، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މެޕް އިން ވަރަށް ގިނަ މަސައްކަތްތައް 2020 ވަނަ އަހަރު، މި ޕްރޮގްރާމް ވުޖޫދަށް އައި ހިސާބުން ވެސް ކުރަމުން އަންނަކަމަށް، އެގޮތުން މި ސިނާއަތް ދެމެހެއްޓެނިވި ގޮތުގައި ކުރިއެރުވޭނީ ޒުވާނުން މީގެތެރެއަށް ނެރެވިގެންކަމަށް ވާއިރު، ދަނދުވެރިކަން ކުރާ، ގޮތްތަކަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށެވެ.

"އަޅުގަނޑުމެންގެ އެއް ޓާގެޓަކީ ޒުވާނުން މީގެ ތެރެއަށް ނެރުން. އެގިވަޑައިނަވާނެ ފަދައިން ރާއްޖޭގައި މިހާރު ތިބި ދަނޑުވެރިންނަކީ ތަންކޮޅެއް އުމުރުން މަތީ ބޭފުޅުން. މި ސިނާއަތް ކުރިއަރުވާކަމަށް ވާނަމަ ޒުވާނުން ކޮންމެވެސް ގޮތަކަށް އެންކަރޭޖް ކުރަން އެބަޖެހެ. އެހެންވީމަ އައު ޓެކްނޮލޮޖީއެއް އައުކަމެއް ތަޢާރަފް ކޮށްގެން ނޫނީ މިކަމެއް ކުރިޔަކަށް ނުގެންދެވޭނެ. އެހެންވީމަ އަޅުގަނޑުމެން މި ބަލަނީ ދެމެހެއްޓެނެވި ދަނޑުވެރިކަމެއް ތަޢާރަފް ކުރަން އެއީ އައު ޓެކްނޮލޮޖީ ބޭނުންކޮށްގެން"

މެޕްއިން އިތުރަށް ބުނީ، މައިގަނޑު މަސައްކަތެއްގެ ގޮތުގައި ޓާގެޓް ރަށްތަކެއްގައި ޕޮލިހައުސް ނުވަތަ ގްރީން ހައުސްތައް އިންސްޓޯލްކޮށް ޓެކްނިކަލް ތަމްރީންތައް ދިނު،މުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ގްރީން ހައުސްތައް އިންސްޓޯލް ކުރުމަށްފަހު ދޫކޮށް ނުލައްވައި، ޓެކްނިކަލް ބޭފުޅުން އެރަށެއްގައި ބައިތިއްބަވައިގެން ތަމްރީންތައް ދަނޑުވެރިންނަށް ފޯރުކޮށްދެމުން ދާނެކަމަށެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު