އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުތުރުގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީންތައް ކުރިޔަށްދާކަމަށް މޯލްޑިވެސް އެގްރިބިޒްނަސްއިން ބުނެފި

އުތުރުގެ 26 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީންތައް ކުރިޔަށްދާކަމަށް މޯލްޑިވެސް އެގްރިބިޒްނަސްއިން ބުނެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

މޯލްޑިވެސް އެގްރިބިޒްނަސް (މެޕް) ގެ ފަރާތުން ރާއްޖެގެ ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، އުތުރުގެ ތިން އަތޮޅަކަށް އަމާޒުކުރެވި 26 ރަށެއްގައި ޕްރޮގްރާމްތައް ކުރިޔަށް އެބަ ގެންދެއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ދަށުން ހިންގާ، މެޕް އަކީ އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް(އިފާޑް) އާއި ދިވެހި ސަރުކާރާއިގުޅިގެން ރާއްޖޭގެ އެންމެ އުތުރު 3 އަތޮޅުކަމަށްވާ، ހއ.ހދ. އަދި ށ ގައި ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.

މެޕްގެ މަސައްކަތްތައް 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ފަށާފައިވާއިރު، ކުރެވުނު ތަޖްރިބާތަކަށް ބަލައި ބަދަލުތަކަކާއިއެކު 26 ރަށަކަށް އަމާޒު ކުރެވިގެން ތަމްރީންތައް ކުރިޔަށް ގެންދިޔަނަމަވެސް އުތުރުގެ ހުރިހާރަށެއްވެސް ޝާމިލް ކުރެވޭތީ މެޕްއިން މަސައްކަތް ކުރަމުންދެއެވެ.

މެޕްގެ ތަޖްރިބާތަކަށް ބަލައި ތަމްރީންތައް ގެންދާ ގޮތްތަކަށް މިވަނީ ތަފާތު ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން އައިލެންޑް ފާމަރސް ފޯރަމް ގެ ނަމުގައި އެރަށްރަށުގައި ދަނޑުވެރިންގެ ގްރޫޕް ތަކެއް ވަނީ އެކުލަވާލާފައެވެ. އޭގެ ތެރޭގައި ދަނޑުވެރިންގެ ބޯޑެއްވެސް ހިމެނޭނެއެވެ.

މެޕް އިން އުތުރުގެ ބައެއް ރަށްތަކުގައި ހިންގާ ތަމްރީން ތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ އެކިއެކި މަރުހަލާތަކާއި ގުޅުން ހުރި ޕްރޮގްރާމްތަކުގެ އިތުރުން ދަނޑުވެރިކަމާއި ގުޅުންހުރި އެކި އެކި ޕްރޮގްރާމްތައްވެސް އަންނަނީ ހިންގަމުންނެވެ. މިގޮތުން ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ގަރާންޑް ސްކީމެއްގެ ދަށުން ކުރިޔަށްގެންދެއެވެ. މީގެ އިތުރުން ދަނޑުވެރިކަމުގައި ދެޖިންސުގެ ހަމަމަމަކަން ގާއިމުކުރުމުގެ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކާއި ފުޑް ސެކިއުރިޓީ އަދި ނިއުޓްރިޝަން އެވެއަރނެސް ޕްރޮގްރާމްތައްވެސް އަންނަނީ ދަނޑުވެރިންނަށް ފޯރުކޮށްދެމުންނެވެ.

އަމާޒަކީ ދަނޑުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިގނަޑު ހިއްސާއެއްކަމުގައި ހެދުމެވެ. އަދި ބޭރުން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތައް މަދުކޮށް ދިވެހި ދަނޑުފަނގުތަކުން ސީދާ ނަފާ ލިބިގެންދާނެހެން، ކާނާގެ ޔަގީކަން އިތުރުކުރުމެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު