އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަސާސީ ބޭހުގެ 99 އިންސައްތަ އެސްޓީއޯގެ ސަޕްލައި ނިޒާމުގެ ތެރެއިން އެތެރެކޮށްފި

އަސާސީ ބޭހުގެ 99 އިންސައްތަ އެސްޓީއޯގެ ސަޕްލައި ނިޒާމުގެ ތެރެއިން އެތެރެކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 21 ސިކުންތު

ރާއްޖޭގައި ބޭނުންވާ އަސާސީ ބޭހުގެ 99 އިންސައްތަ އެސްޓީއޯގެ ސަޕްލައި ނިޒާމުގެ ތެރެއިން އެތެރެކޮށްފައިވާ ކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރޭ ޓީވީއެމްއާއި ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ބައެއް ބޭސްތައް ނުލިބުމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން އިވެމުންދިޔައެވެ. މި މައްސަލައާ ގުޅިގެން ބޭސް ފިހާރަތަކުން ބޭސް ނުލިބުމާއި ބޭސް އަގުބޮޑުވުން ފަދަ ކަންކަން ވަނީ ކުރިމަތިވެފައެވެ.

ޞިއްޙީ ވަޒީރު ވިދާޅުވީ ބޭސް ލިބުމުގައި ދިމާވާ ދަތިކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އަދި މިހާރު ބޭހުގެ މައްސަލަ ހައްލުވެގެންދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ކުރިއާ ޚިލާފަށް އެސްޓީއޯގެ ބޭސް ބަލަހައްޓާ ޑިޕާޓްމަންޓުން ބޭސް ސަޕްލައި ކުރާ ފަރާތްތަކާ ގުޅިގެން ލިސްޓުތައް ތަރުތީބުކޮށް ބަލަމުން ދަނީ އަޅުގަނޑުމެންނަށް ގެނެވޭ ބޭސްތައް. ރާއްޖޭގެ އެސެންޝިއަލް މެޑިސިން ލިސްޓުގައި 480 އެއްހާ ބޭސް އެބަ ހިމެނޭ. މިހާރު އަޅުގަނޑުމެން ކަށަވަރުކޮށްފިން އަދި މީގެ 99 އިންސައްތަ އެސްޓީއޯ ނިޒާމުގެ ތެރެއިން އެތެރެކޮށްފިން،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، އާސަންދަ ރިފޯމްކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުން ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމާއި، މިހާރު ގިނަ އަދަދެއްގެ އަސާސީ ބޭސްތައް ރާއްޖެއަށް އެތެރެކުރެވިފައިވާކަން މިކަމުން ފާހަގަކުރެވެއެވެ. 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު