އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދުޢާކުރަން އެންމެ ފައިދާހުރި ވަޤުތުތަކާ ދުޢާކުރުމާބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-

ދުޢާކުރަން އެންމެ ފައިދާހުރި ވަޤުތުތަކާ ދުޢާކުރުމާބެހޭ ގޮތުން އެނގުން މުހިންމު ބައެއް ކަންކަން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 16 މިނެޓް, 36 ސިކުންތު

ކޮންމެކަމަކަށް އެދި ނަމަވެސް ދުޢާ ކުރުމަކީ އިސްލާމްދީނުގައި އައިސްފައިވާކަމެކެވެ. ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ.  

(وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ) البقرة/186.  

މާނައީ: "އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެއަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެދުޢާ ތިމަން ﷲއިޖާބަކުރައްވަމެވެ".

އެހެންކަމުންއެމީހަކު ބޭނުން ކޮންމެ ކަމަކަށް އެދި ދަންނަވަންވީއެވެ. ދިވެހި ބަހުންދެންނެވި ނަމަވެސް، އެހެންބަހަކުން ދެންނެވިނަމަވެސް ﷲ މޮޅަށްދެނެވޮޑިގެންވެއެވެ. ޢަރަބި ބަހުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ.

ވުމާއިއެކު ދުޢާ އިޖާބަކުރައްވާ ވަގުތާއި ތަންތަން ދެނެ ގަތުމަކީ މުހިއްމުކަމެއްކަމުގައި ދެކި ކުރުގޮތަކަށް އޭގެ ތެރެއިން ބައެއް ބަޔާން ކުރެވޭތޯބަލާނަމެވެ. وبالله التوفيق.

1.
ލައިލަތުލް ގަދްރި ވިލޭރޭ، فَقَدْ وَرَدَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ لِعَائِشَةَ لَمَّا قَالَتْ لَهُ :أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ ، مَا أَقُوْلُ فِيْهَا ؟  قَالَ : قُوْلِيْ " اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ"،    

ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ކީރިތިރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ސުވާލު ދެންނެވިއެވެ. ލައިލަތުލް ގަދްރި ވިލޭރެ އާއި ބައްދަލު ވެއްޖެނަމަ ކިޔަންވީ ކޮން ދުޢާއެއްތޯއެވެ؟ ޙދީޘް ކުރެއްވިއެވެ. ވިދާޅުވާށެވެ.

"اَللَّهُمَّ إِنَّكَ عَفُوُّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ".

މާނައަކީ:"ހައްދަވާގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށްލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައްމާފްކޮށްދެއްވާފާންދޭވެ".

2.
ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން،

"يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ" 

މާނައަކީ: "ކޮންމެ ރެއެއްގެ ފަހު ތިންބަޔަށްއެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީކުރައްވާނެއެވެ. "ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާއިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދިތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައިދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ".

3.
ފަރްޟުނަމާދު ތަކަށްފަހުގައި، 

عَنْ أَبِيْ أُمَامَةَ " قِيْلَ يَا رَسُوْلَ اللهِ أَيُّ الدُّعَاءِ أَسْمَعُ؟ قَالَ جَوْفُ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوْبَاتِ "

މާނައަކީ: އަބޫއުމާމާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތިރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވުނެވެ. "ﷲ ގެޙަޟްރަތުގައި އެންމެ އައްސަވާވޮޑިގަތުން ބޮޑީ ކޮންގަޑިއެއްގައި ކުރާ ދުޢާއެއް ތޯއެވެ؟"، ޙަދީޘް ކުރެއްވިއެވެ. " ރޭގަނޑުގެ ފަހުބައިގައްޔާއި، ފަރުޟުނަމާދު ތަކަށްފަހުގައި ކުރާ ދުޢާ އެވެ".

4.
ފަރްޟު ނަމާދުތަކަށް ބަންގި ގޮވާ ގަޑި،  އަދި ހަނގުރާމައިގެ މައިދާނުގައިލަޝްކަރު ބައްދަލުވާ ގަޑި، 

"ثِنْتَانِ لَا تُرَدَّانِ ، أَوْ قَلَّمَا تُرَدَّانِ، الدُّعَاءُ عِنْدَ النِّدَاءِ وَعِنْدَ الْبَأْسِ حِيْنَ يَلْحَمُ بَعْضُهُمْ بَعْضًا"

"މާނައަކީ: ރަސޫލުﷲ- ޞައްލަﷲ ޢަލައިހިވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެންނުވެއެވެ. ނުވަތަ މަދުން ނޫނީ ރައްދު ނުކުރެވެއެވެ. ބަންގިގޮވާ ގަޑީގައިކުރާ ދުޢާ އާއި ލަޝްކަރުބައްދަލުވާ ގަޑީގައި ކުރާ ދުޢާ އެވެ".

5.
ވާރޭވެހޭ ގަޑީ ގައި ކުރާ ދުޢާ،

"ثِنْتَانِمَاتُرَدَّانِ :( اَلدُّعَاءُ عِنْدَ النِّدَاءِ وَتَحْتَ الْمَطَرِ (ރަސޫލުﷲ- ޞައްލަﷲ ޢަލައިހިވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. "ދެކަމެއް ރައްދުކުރެވިގެންނުވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ވާރޭވެހޭ ގަޑީގައި ކުރާ ދުޢާއެވެ".

6.
ރޭގަނޑުގެ ކޮންމެވެސް ވަގުތެއް،

"إِنَّ فِيْ اللَّيْلِ سَاعَةً لَّا يُوَافِقُهَا مُسْلِمٌ يَّسْأَلُ خَيْرًا مِّنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ

"މާނައަކީ: "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދިމުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.

7.
ހުކުރު ދުވަހުގެ ވަގުތުކޮޅެއް،

فَقَدْ ذَكَرَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الْجُمُعَةِ فَقَالَ : "فِيْهِ سَاعَةٌ لَّا يُوَافِقُهَا عَبْدٌ مُّسْلِمٌ قَائِمٌ يُّصَلِّيْ يَسْأَلُ اللهَ تَعَالَى شَيْئًا إِلَّا أَعْطَاهُ إِيَّاهُ".

މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ހުކުރު ދުވަހާއި ގުޅޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. "އެދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުގައި މުސްލިމަކު ތެދުވެހުރެކަމަކަށް އެދި މާތްﷲ އަށް ދުޢާކޮށްފިނަމަ އެކަމެއްފުއްދަވައިދެއްވާނެއެވެ". ދެންެއެކަލޭގެފާނުގެ އިގިލިކޮޅުން އެވަގުތުކޮޅުގެކުރުކަމަށް އިޝާރާތް ކުރެއްވިއެވެ.

8.
ޒަމްޒަމް ފެންބޯގަޑީގައި،

" مَاءُ زَمْزَمْ لِمَا شُرِبَ لَهُ "

މާނައަކީ: "ޒަމްޒަމް ފެންވަނީ އެބުއި ކަމަކަށެވެ". މާނައަކީ ޒަމްޒަމް ފެންބޮމުންއެދުނު ކަމެއް ފުއްދަވައި ދެއްވާނެއެވެ.

9.
ސަޖިދާގައި އޮންނަ ވަގުތު،

"أَقْرَبُ مَا يَكُوْنُ الْعَبْدُ مِنْ رَّبِّهِ وَهُوَ سَاجِدٌ فَأَكْثِرُوْا الدُّعَاءَ "މާނައަކީ:  "އަޅާ އާއި ﷲއެންމެ ކުއްތަންވާނީ ސަޖިދާގައި އޮންނަ ވަގުތުގައެވެ. އެވަގުތުގައި ދުޢާކުރުން ގިނަކުރާށެވެ".

(ނަމާދު ތެރޭގައި ސަޖިދާގައި ދުޢާ ކުރާނަމަ ކުރަންވާނީ ޢަރަބި ބަހުންނެވެ. ހަމައެހެންމެ، ފަރްޟު ނަމާދެއްގައި ވާރިދު ދުޢާ އެއް ނޫން ދުޢާ އެއްނުކިޔޭނެއެވެ. ނަމަވެސް ސުންނަތް ނަމާދެއް ނަމަ ސަޖިދާގައި ކިޔުމަށްވާރިދުވެފައިވާ ޛިކުރު ކިޔާ ނިމުމަށްފަހުގައި ބޭނުން ދުޢާ އެއްކުރެވިދާނެއެވެ. އެހެންނަމަވެސް ޢަރަބި ބަހުންނެވެ.

10.ހެނދުނު ހާ ގޮވާގަޑި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ.

" إِذَا سَمِعْتُمْ صِيَاحَ الدِّيْكَةِ فَاسْأَلُوْا اللهَ مِنْ فَضْلِهِ ، فَإِنَّهَا رَأَتْ مَلَكًا "

މާނައަކީ: "ތިޔަބައިމީހުންނަށްހާ ގޮވާއަޑު އިވިއްޖެނަމަ އޭގެ މާތްކަން ލިބިގަތުމަށް ދުޢާކުރާށެވެ. ހަމަކަށަވަރުން އެތަކެތި އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ".

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް