އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ކުށްކުރުމުގެ ފުރުޞަތު ކުޑަކުރަން މަސައްކަތްކުރަނީ

އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ކުށްކުރުމުގެ ފުރުޞަތު ކުޑަކުރަން މަސައްކަތްކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

ބ. އޭދަފުށީ ބަނދަރު ސަރަހައްދުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަނީ އޭދަފުށީ ޕޮލިސް ސްޓޭޝަނުންނެވެ.

މި ކެމެރާތަކަކީ އޭދަފުށީ ކައުންސިލުގެ ފަރާތުން އޭދަފުށީ ޕޮލިހަށް ހަދިޔާކުރި ކެމެރާތަކެކެވެ.

ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތަކީ ފުލުހުންނާއި ކައުންސިލު ގުޅިގެން ރަށުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތެކެވެ.

މި މަހުގެ 20 ވަނަ ދުވަހު ފެށި މި މަސައްކަތުގެ ދަށުން، ބަނދަރު ސަރަހައްދުގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.

ކުށްމަދު އަމާން މުޖުތަމައުއެއް ޤާއިމުކުރުމަށް ފުލުހުންގެ ފަރާތުން ރައްޔިތުންނާއި ގުޅިގެން ކުރެވޭ ތަފާތު މަސައްކަތްތަކާ މެދު ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް "ވޯކް އެންޑް ޓޯކް"ގެ ނަމުގައި ފުލުހުންގެ ޚިދުމަތުން އަންނަނީ ހަރަކާތެއްވެސް ހިންގަމުންނެވެ.

ފުލުހުން މި ހަރަކާތް ހިންގަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ މުޖުތަމައުގެ ބައިވެރިވުމާއެކު ފުލުހުންގެ ޚިދުމަތް ދިނުމުގެ ދަށުން އެކުލަވާލާފައިވާ އިސްތިރާޖީ ލަނޑުދަނޑިތައް ހާސިލްކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ.

މި ހަރަކާތްތައް މެދުވެރިކޮށް މުސްތަޤުބަލުގައި ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، މުޖުތަމައުގެ ކަންބޮޑުވުންތައް ދެނެގަނެ، މުޖުތަމައުގައި ހިނގާ ކުށްތައް މަދުކުރެވި، ފުލުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށް ހެދުމަކީ ފުލުހުންގެ ޚިދުމަތުގެ އަމާޒެކެވެ.

 

ހަބަރު: ސަރުކާރު

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު