އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި

އުތުރު ތިލަފަޅުގައި ސެންޓްރަލް ޖަލު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 14 ސިކުންތު

އުތުރު ތިލަފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޖަލު ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މި މަހުގެ 27 ވަނަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

މި ޖަލު ތަރައްޤީކުރެވެނީ 6000 މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށެވެ. މި މަޝްރޫޢު ތަރައްޤީކުރުމަށް އުތުރު ތިލަފަޅުން 30 ހެކްޓަރުގެ ބިމެއް ކަނޑައަޅާފައިވާކަމަށް ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. މި މަޝްރޫޢުގެ ތެރޭގެރޭގައި ބިން ހިއްކުމާއި ހިއްކި ސަރަޙައްދު ހިމާޔަތްކުރުން ހިމެނެއެވެ.

މި ޖަލުގައި މުވައްޒަފުންނަށް ދިރިއުޅެވޭނެ ތަންތަނާއި، އެކި ބާވަތުގެ ތަމްރީންތައް ހިންގޭނެ ތަންތަނުގެ އިތުރުން ކުޅިވަރު ކުޅެވޭނެ ސަރަޙައްދެއްވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ފުލް ސަރވިސް ހޮސްޕިޓަލަކާއެކު ޞިއްޙީ ޚިދުމަތް ފޯރުކޮށްދެވޭނެ ވަސީލަތްތައްވެސް ޤާއިމްކުރެވޭނެއެވެ.

މީގެ އިތުރުން، މި ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން އަދި ޑިޓޮކްސް ފެސިލިޓީއެއްގެ އިތުރުން ހާފްވޭ ހައުސްއެއްވެސް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެކި ފަންތީގެ ޖަލުތަކާއި، ކޯޓު ފެސިލިޓީއެއްގެ އިތުރުން ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއާޓަރސްވެސް މި ސަރަޙައްދުގައި ޤާއިމްކުރެވޭނެއެވެ.

މި ޖަލު ކޮމްޕްލެކްސްގައި 1000 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެއްވެސް ހިމެނޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ޖަލުތަކުގެ ޙާލަތު ރަނގަޅުކޮށް، ޤައިދީންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ މުހިންމު މަޝްރޫޢެއްކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު