އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިޔާވަހި ފައިނޭންސިންގ ސްކީމަށް އެދޭ ފަރާތްތަކަށް ލުއިތަކެއް ދީފި

ހިޔާވަހި ފައިނޭންސިންގ ސްކީމަށް އެދޭ ފަރާތްތަކަށް ލުއިތަކެއް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 43 ސިކުންތު

ޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން ބޯހިޔާވަހިކަން ހޯދަން އެދޭ ފަރާތްތަކަށް ބޭންކަށް ލިޔެކިއުން ހުށަހެޅުމުގައި ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމައިފިއެވެ. މި ލުއިތައް ދީފައިވަނީ ގެދޮރުގެ ކުރެހުން ހުށަހެޅުމުގެ ބަޔަށެވެ.

ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މީސްމީޑިއާގައި ކުރެއްކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާލޭގެ ވަރަށް ގިނަ ފަރާތްތަކުން މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅައިގެން ފާސްކުރުމަށް ވަގުތު ބޭނުންވާ ކަމަށެވެ. އެހެންކަމުން، ކައުންސިލުން ފާސްކުރި ކުރެހުން ނެތަސް އިންޖިނިއަރު އަދި އާކިޓެކްޓް ސްޓޭމްޕް ކޮށްފައިވާނަމަ ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.

ހިޔާވަހި ފައިނޭންސިންގ ސްކީމަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންގ ސްކީމެކެވެ. މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން އިސްލާމީ އުސޫލުން 5% ފައިދާގައި ކުރިއަށްގެންދާ ފައިނޭންސިންގ ސްކީމެކެވެ. މި ސްކީމުގެ ދަށުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ބިން ލިބިފައިވާ ފަރާތްތަކަށް ގެދޮރު އެޅުމަށް މާލީ އެހީތެރިކަން ލިބޭނެއެވެ.

މި ސްކީމުގެ ދަށުން އެޕްލިކޭޝަންގައި ހުށަހަޅަން ޖެހޭ ލިޔުންތަކުގެ ތެރޭގައި ފާސްކުރެވިފައިވާ ކުރެހުމެއް އޮންނަންޖެހެއެވެ. މި ކުރެހުން ހުށަހެޅުމަށް ހިމަނާފައިވަނީ ބޭންކުތަކުން ކުރެހުން ބޭނުންވާތީ ކަމަށް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

މި ބަދަލާއެކު، ހިޔާވަހި ފައިނޭންސިންގ ސްކީމަށް އެދޭ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބި، ބޯހިޔާވަހިކަމުގެ ޙައްލު އަވަސްވެގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު