އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނަން އެންމެ ފަސޭހަ ޢަމަލު-

ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނަން އެންމެ ފަސޭހަ ޢަމަލު-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 36 ސިކުންތު

ﷲ އަށް ވަކީލުކުރުމުގެ މުހިންމުކަން- 

ޙަޤީޤީ މާނައިގައި ﷲ އަށް ވަކީލުކޮށްފި މީހަކު، ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނަ ހުއްޓެވެ. 

ދުނިޔަވީ ކަންކަމާއި އެތަނުގެ ޒީނަތްތެރިކަމާ ގުޅިފައިވާ ކަންކަމުގައި، ފަހަރުގައި ބަރާބަރަށް ކަންތައްތައް ކުރަމުން ދިޔަ މީހަކަށް ޙާޞިލުނުވި ކަމެއް، ފަރުވާ ކުޑަ މީހަކަށް ޙާޞިލު ވެދާނެއެވެ. 

އަދި ގޮތުގައި ހުންނަމީހަކަށް ލައްވާ ނުލި ކަމެއް، މާ ކުޅަދާނަ ނޫން މީހަކަށްވެސް ވެދާނެއެވެ.

އެފަދަ ކަންކަމުގައި ﷲ އަށް ވަކީލުކޮށްގެން މެނުވީ އެމީހަކު ކުރިއަރައި ނުދާނެއެވެ. 

ވަކީލުކުރުމާމެދު އިމާމު އަޙްމަދު رحمه الله އާ ސުވާލުދެންނެވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.

"އެއީ އަޅުތަކުންގެ ކިބައިން ކުރަމުން އައި ހުރިހާ އުންމީދެއް ކަނޑާލުމެވެ."

[الآداب الشرعية لابن مفلح (3 / 276)] 

(ވަކީލުކުރުމެއް ނެތި) ހަމައެކަނި ސަބަބުތަކުގައި ހިފުމަކީ އެމީހަކު ބޭނުންވެގެން އުޅޭ ކަންތައް ޙާޞިލުވާނޭ ކަމެއް ނޫނެވެ. 

[خطوات إلى السعادة لدعبدالمحسن القاسم (ص: 40)]

 

- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު