އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަސަދަވެރިކަން – ހަޑިމުޑުދާރު ސިފައެއް!: އައްޝައިޚް ޙަސަން ފައިސަލް

ހަސަދަވެރިކަން – ހަޑިމުޑުދާރު ސިފައެއް!: އައްޝައިޚް ޙަސަން ފައިސަލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 8 ސިކުންތު

އިންސާނާގެ ނަފްސަށް ޖެހޭ އެންމެ ނުބައި އެއް ބަލިމަޑުކަމަކީ ހަސަދަވެރިކަން. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަޟުލުވަންތަވެރިކަމާއި ޙިކުމަތުން އިންސާނުންގެ މެދުގައި އެއިލާހު ސުބުޙާނަހޫ ވަތަޢާލާ ނިޢުމަތްތައް މި ބައްސަވަނީ އެކި މީހުންނަށް އެކި ނިޢުމަތްތައް. އެކިމީހުންނަށް އެކި މިންވަރަށް. 

ނަމަވެސް އިންސާނުންގެ ތެރޭގައި ބައެއް މީހުން އެބައުޅޭ އަނެކާގެ ނިޢުމަތްތަކަށް ހަސަދަވެރިވެ އެ ނިޢުމަތްތައް އޭނާގެ ކިބައިން ފިލައިގެން ދާން ބޭނުންވާ މީހުން. އާދެ މީ ހަސަދަވެރިކަމަކީ. ހަސަދަވެރިކަމުގެ ތަޢާރަފަކީވެސް މީ، އަނެކާއަށް ލިބިފައިވާ ނިޢުމަތެއް އެމީހާގެ ކިބައިން ފިލައިގެން ދިޔުމަށް އުއްމީދުކުރުން.  

މީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަރަށް ބޮޑަށް ނަޙީ ކުރައްވާފައިވާ ކަމެއް. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ (އަރަބި) "ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ހަސަދަވެރި ނުވާށެވެ." މާނައަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ މީހަކަށް ދެއްވާފައިވާ ނިޢުމަތެއް އޭނާގެ ކިބައިން ފިލައިގެން ދިޔުމަށް ތިޔަބައިމީހުން ނޭދޭށެވެ. އެހެންމަ މީ ﷲ ސުބޫޙާނަހޫ ވަތަޢާލާއާ މެދުގައި އަދަބު ކުޑަކުރުމެވެ. އެއިލާޙު ސުބޫޙާނަހޫ ވަތަޢާލާގެ އަޅުތަކުންނަށް އެ އިލާޙު ދެއްވާ، ބައްސަވާ ނިޢުމަތްތައް އަޅެއް ކިބައިން ފިލައިގެން ދިޔުން. މިކަމުގަ ހާލަތްތަކެއް ވޭ. 

ބައެއްފަހަރަށް ތިމާ ހަސަދަވެރިވަނީ އަނެކާގެ ކިބައިގައި ވާ ނިޢުމަތް އެއްކޮށް ފިލައިގެން ދިޔުމަށް، އެމީހާއަށް އެ ނިޢުމަތުން މިނަވަރެއް ނުލިބުނު ކަމުގައިވިޔަސް. މިއީވެސް ހުއްދަކަމެއް ނޫން. ދެވަނަ ހާލަތަކީ ބައެއްފަހަރަށް މީހުންގެ ނިޢުމަތްތައް ފިލާ ދިޔުމަށް އުއްމީދު ކުރަނީ. އެމީހާ ކިބައިން އެ ނިޢުމަތެއް ފިލައި ގޮއްސަ އޭނައަށް އެ ނިޢުމަތެއް ލިބުމަށް އެދި. މިއީވެސް ހުއްދަ ވައްތަރެއް ނޫން. ތިންވަނަ ވައްތަރަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަކަށް ދެއްވާފައިވާ ނިޢުމަތެއް އޭނާގެ ކިބައިން ފިލައިގެން ދިޔުމަށް ނޭދި އެމީހަކަށް ލިބުމަށް އެދުން. މިއީ ޢިލްމުވެރިން މަނާކުރާ ވައްތަރެއް ނުން. މިއީ ހުއްދަވައްތަރެއް. 

ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ ބިމުގައި އުރެދުމަކީ، އެންމެ ފުރަތަމަ އުރެދުނު ތިން ފާފައަކީ މީ. މާބޮޑަށް ކަންކަން ބޭނުންވުމާއި، ކިބުރުވެރިކަމާއި، ބޮޑާވުން. މި ތިންސިފަ މިއީ އިންސާނާ ހަލާކުކުރާ ތިން ސިފަ ކަމުގައި ބުނެވޭ. މާބޮޑަށް ކަންކަން ބޭނުންވުން. ﷲ ސުބުޙާނަހޫ ވަތަޢާލާ މީސްތަކުންނަށް ދެއްވާ ނިޢުމަތްތަކަށް ބޭނުންވެރިވެ، އެމީހުންނާއި މެދުގައި ހަސަދަވެރިވުމަކީ މިބައިގެ ތެރޭގައި ހިމެނިގެން އަންނަ ކަމެއް. 

އެހެންކަމުން މިއީ އަޅުގަނޑުމެން ކޮންމެ މުސްލިމަކު، އަދި ކޮންމެ މީހަކުވެސް ސަމާލުވާޏްޖެހޭ ސިފައެއް. އަނެކާއަށް ދެއްވާފައިވާ ނިޢުމަތްތައް ފިލައި ދިޔުމަށް އެދުމަކީ އެއީ ހުއްދަވެގެން ވާ ކަމެއް ނޫން. މި ހަސަދަވެރިކަމަކީ އިންސާނާއަށް ޖެހޭ ނުބައި ބަލިމަޑުކަމެއް. މިކަމުން ސަލާމަތް ކޮށްދެއްވުމަށް އެދި އަޅުގަނޑުމެން ގިނަގިނައިން ދުޢާ ކުރަންޖެހޭ. އަޅުގަނޑުމެންގެ އެކުވެރި އަޚުންނާއި އުޚުތުންނަށް އަބަދުވެސް ހެޔޮގޮތް މިންވަރު ވުމަށް އެދެންޖެހޭ. މިއީ ނަފްސުގައިވާ ރިވެތި ސިފަތަކުގެ ތެރެއިން ސިފައެއް.

 

- ޝައިޚް ޙަސަން ފައިސަލް

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް