އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 47 ސިކުންތު
އިންޑިޔާގެ ޕަހަލްގަމް އަވަށަށް ނިރުބަވެރި ޖަމާޢަތަކުން ދިން ނުރައްކާތެރި ހަމަލާގައި ނިޔާވި އަދި ޒަޚަމްވި މީހުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، މި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި ކުއްލި ހައިރާންކަމާއެކު ކަމަށެވެ. އަދި "ދިވެހި ސަރުކާރުން އަބަދުވެސް ދެމިއޮންނާނީ ނިރުބަވެރިކަމާއި އެކަމާ ގުޅުންހުރި އެންމެހާ ޢަމަލުތަކާ ދެކޮޅަށް" ކަމަށް ރައީސް ވިދާޅުވިއެވެ.
މި ނުރައްކާތެރި ހަމަލާގައި 28 ފަތުރުވެރިން މަރުވެފައިވާއިރު، 20 މީހުން ވަނީ ޒަޚަމްވެފައެވެ. މި ހަމަލާއަކީ ޕަހަލްގަމް އަވަށަށް ޒިޔާރަތްކުރި ފަތުރުވެރިންނަށް އަމާޒުކޮށްގެން ދިން ހަމަލާއެކެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި ހަމަލާގައި ނިޔާވި މީހުންގެ ޢާއިލާތަކަށާއި، ޒަޚަމްވި މީހުންގެ ޢާއިލާތަކަށް އަދި އިންޑިޔާ ސަރުކާރަށް ތަޢުޒިޔާ ދަންނަވާފައެވެ.
Advertisement
23 އޭޕްރީލް 2025