އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިން ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމަށް 316 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ފެށުމަށް ސޮއިކޮށްފި

ތިން ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމަށް 316 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެއް ފެށުމަށް ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ޅ. ނައިފަރު، ރ. އުނގޫފާރު އަދި ގދ. ތިނަދޫގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރުމަށް ސަރުކާރުގެ ދެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތްތައް ޙަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

ޅ. ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑްކުރުމުގެ މަސައްކަތް އާރްޑީސީއާ ޙަވާލުކޮށްފައިވަނީ 7.7 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހު ޢަލީ ނަޞީރެވެ.

އެމްޓީސީސީއާ ޙަވާލުކޮށްފައިވާ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އަގަކީ 308 މިލިއަން ރުފިޔާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ގާސިމެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.

މި ތިން ހޮސްޕިޓަލުގެ މަސައްކަތްވެސް ކުރިއަށްދާނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ނައިފަރު ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 365 ދުވަހުގެ މުއްދަތެކެވެ. އަދި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މަސައްކަތް ނިންމުމަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫޢުތަކުގެ ދަށުން ތިން ރަށުގެ ހޮސްޕިޓަލްތަކުގެ ޚިދުމަތް ފުޅާކޮށް، ރަނގަޅު ފެންވަރެއްގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު