އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަވެރިންނަށް ﷲ ތަޢާލާ ދެއްވަވާ ހަދިޔާ ލިބުމަކުން ރޯދައެއް ނުގެއްލޭނެ! އޮތީ ރޯދައާއިގެން ކުރިއަށްދިއުން!

ރޯދަވެރިންނަށް ﷲ ތަޢާލާ ދެއްވަވާ ހަދިޔާ ލިބުމަކުން ރޯދައެއް ނުގެއްލޭނެ! އޮތީ ރޯދައާއިގެން ކުރިއަށްދިއުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 19 ސިކުންތު

ރޯދަމަސް ނިމި ޤަޟާ ރޯދަތައް ހިފާ ދުވަސްދުވަހު ނުވަތަ ސުންނަތް ރޯދަހިފާ ދުވަސްދުވަހު ބައެއް މީހުންނަށް ހަނދާން ނެތި ކައިބޮއި ހެދުން އިތުރުވެއެވެ. މިބުނަނީ ރަމަޟާންމަހަށްވުރެ ގިނައިން އެކަން ކުރިމަތިވާ ވާހަކައެވެ. އެހެން އެކަން އެވަނީ ދޭތެރެ މެދަށް ދުވަސްދޫކުރަމުން ރޯދަހިފާތީ ހަނދާނުން ކައްސައިލާގޮތް މެދުވެރިވާތީއެވެ. އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާން އޮތް ކަމެއް ނޫނެވެ.  

ރޯދައަށް ހުއްޓައި ހަނދާންނެތިގެން ކެވުނަސް އަދި ބޮވުނަސް އެއީ އެމީހަކަށް ﷲ ތަޢާލާ ދެއްވަވާ ހަދިޔާއެކެވެ. ވީމާ ރޯދައަށް ހުއްޓައި ހަނދާން ނެތިގެން އެއްޗެއް ކެވުނު ނަމަވެސް އަދި ބޮވުނު ނަމަވެސް ރޯދައެއް ނުގެއްލޭނެއެވެ. އޮތީ ހަމަ ރޯދައަށް ހުރުމެވެ. ހިފައިގެންހުރި ރޯދައާއިގެން ކުރިއަށް ދިއުމެވެ.  

ތިމާ އެކަމުގައި ފަރުވާކުޑަކޮށްނުލައި ހުއްޓައި ހަނދާން ނެތިއްޖެނަމަ އެކަމެއްވާނީ ﷲ ތަޢާލާ މެދުވެރިކުރެއްވެވި ކަމަކަށެވެ.  

އަބޫ ހުރައިރަތުގެފާނުގެ އަރިއަހުން ރިވާވެގެންވެއެވެ. 

Narrated Abu Huraira:

The Prophet () said, "If somebody eats something forgetfully while he is fasting, then he should complete his fast, for Allah has made him eat and drink."

(ޞަޙީޙް ބުޚާރީ: 6669) 

ވމާ ރޯދައަށް ހުއްޓައި ހަނދާން ނެތިގެން ކެވުނު ނަމަވެސް، ބޮވުނު ނަމަވެސް ރޯދަ ދޫކޮށްލުމެއް ނެތެވެ. ބޭނުންކުރެވުނު މިންވަރު ވެގެންދާނީ ﷲ ތަޢާލާ އެމީހަކަށް ދެއްވެވި އެއްޗަކަށެވެ.  

މިއީ މީހުން ވަރަށް ގިނައިން ސުވާލުކުރާ ކަމަކަށްވާތީ ކަން އޮތްގޮތް ބުނެލައިދިނީއެވެ. ހަނދާންނެތިގެން ކެވުނު މީހާގެ ރޯދަ ގެއްލޭނީ އެކަން ކުރެވުމުން ރޯދަ ގެއްލުނީކަމަށް ބަލައި ރޯދަ ދޫކޮށްލުމުންނެވެ. އިތުރަށް ކައިބޮއި ހެދުމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް