އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 12 ސިކުންތު
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަޅުގަނޑުމެންނަށް ކިޔާދެއްވަނީ ބަނީ އިސްރާއީލް ބާގައިގެ މީހުންގެ ތެރޭގަ އުޅުނު މީހެއްގެ ވާހަކަ. ޙަދީޘް ކުރައްވާ އަންގަވަނީ ތިޔަބައިމީހުންގެ ކުރީގެ އުއްމަތުގެ މީސްތަކުންގެ ތެރެއިން މީހަކު ވިއެވެ. (އަރަބި) " އެމީހަކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ މުއްސަނދިކަމާއި މުދާވެރިކަން ދެއްވާފައިވާ މީހެކެވެ." (އަރަބި) " އޭނާގެ މުޅި ޙަޔާތުގައި ފާފަތައް ކުރުމުގެ ތެރޭގައި ޣަރަޤު ވެފައިވާ މީހެކެވެ." މުޅިން ފާފަތަކުގެ ތެރޭގަ އުޅެފައިވާ މީހެއް. މުޅި ޙަޔާތް އެކަމުގެ ތެރޭގަ ހޭދަކޮށްލާފައިވާ މީހެއް. (އަރަބި) " އޭނަގެ ގާތަށް މިއަންނަނީ މަރު." އަންނަ ހިނދުގައި މީނަ މިހަދާއެއްޗަކީ، ކޮންމެއަކަސް މީނައަށް އިނގޭ މީނަގެ ޙަޔާތުގަ މުޅިންވެސް ފާފަތަކެއް ކަން ކޮށްފައި މިވަނީ. އެހެންމަ މީނަ މަރުވެއްޖެކަމުގައި ވާނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ސަޒާއާ މީނަ ބައްދަލުކުރަން ޖެހިދާނެކަން.
އެހެންމަ މީނަ މި ހެދި އެއްޗަކީ އޭނާގެ ދަރިންތައް އެއްކުރަނީ. އެއްކޮށްފައި ކައިރިއަށް ގެނައުމަށް ފަހުގައި ދަރިންގެ ގާތުގައި މި ބުނަނީ ތިޔަބައިމީހުންގެ ބައްޕައާ ދޭތެރޭގަ ކީކޭހޭ ބުނަނީ. އެމީހުން ބުނަނީ ބައްޕައަކީ ރަނގަޅު މީހެކޭ. ބުނީމާ، މިމީހާ ބުނަނީ އެމީހާގެ ދަރިންގެ ގާތުގައި ﷲ ގަންދީ ބުނަމޭ ތިމަންނަގެ ޙަޔާތުގައި ދުވަހަކުވެސް ތިމަންނަ ހެޔޮކަމެއް ނުކުރަމޭ. މުޅންވެސް ފާފަތަކޭ ތިމަންނަ ޙަޔާތުގައި ކޮށްފަ ވާނީ، ތިމަންނަ މިގޮތުގައި މަރުވެއްޖެކަމުގައި ވާނަމަ ﷲ ސުބުޙަނަހޫ ވަތަޢާލާ ތިމަންނައަށް ސަޒާ ދެއްވާނެއޭ މީގެ ކުރީގެ އެއްވެސް އުއްމަތުގެ އެއްވެއް މީހަކަށް، މީގެ ކުރީގެ އެއްވެސް އިންސާނަކަށް ދެއްވާފައި ނުވާވަރުގެ ސަޒާއެއް ތިމަންނައަށް ދެއްވަފާނެއޭ. އެކަމަށްޓަކާ އޭނަ މި ބިރުގަންނަނީ.
އެހެންމަ އޭނަގެ ދަރިންގެ ގާތުގަ އޭނަ މި އަހުދުކަށަވަރު ހިފަނީ (އަރަބި) " ތިމަންނަ މަރުވެއްޖެކަމުގައި ވާނަމަ" (އަރަބި) " ތިމަންނަ އަންދާލާށެވެ." ތިޔަބައިމީހުން ތިމަންނަ އަންދާލާށެވެ. (އަރަބި) ދެން އެއަށްފަހުގައި އެ އަޅިތައް އެއްކުރުމަށް ފަހުގައި އެ އެއްޗިހިތައް ތަޅާ ފުނޑުފުނޑުކޮށް ޗިސްޗިސް ކުރާށެވެ. ހިމުން ކުރާށެވެ." (އަރަބި) "ދެން އެއަށްފަހުގައި ތިޔަބައިމީހުން ބަލާށޭ ވައި ގަދަ ދުވަހަކަށް." ވަރަށް ވައިގަދަ ކަނޑުގަދަ ދުވަހެއް ތިޔަބައިމީހުން ބަލާށޭ. (އަރަބި) " ދެން އެއްކަލަ އަޅިތަށް ކޮތަޅަކަށް އެއްޗަކަށް އެޅައިގެން ގޮސްފައި ތިޔަބައިމީހުން އެއްބައި ވައިގެތެރެއަށް ބުރުވާލާށެވެ. އަޅިތައް ވައިގެތެރެއަށް ބުރުވާލާށެވެ. އަނެއްބައި އަޅިތަށް ތިޔަބައިމީހުން ގެންގޮސް ކަނޑުގެތެރެއަށް ގިރުވާލާށެވެ."
މިހާރު މީނަ ހަދަން މިއުޅޭގޮތަކީ ކޮބާ؟ މީނަ ބޭނުންވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ މީނަ ދެވަނަ ފަހަރަށް ޚަލްޤު ކުރައްވާ ސަޒާ ދެއްވަފާނެތީ އެކަމުން ސަލާމަތް ވާން. އެކަމުން ފިލަން މީނަ މިއުޅެނީ. އެހެންމަ މީނަގެ ދަރިންގެ ގާތުގައި މިގޮތަށް ކަންތައް ކުރާށޭ މިބުނަނީ. (އަރަބި) " ﷲ ގަންދީ ބުނަމެވެ." (އަރަބި) " ތިމަންނަގެ ވެރި އިލާޙު ތިމަންނަ ދެވަނަ ފަހަރަށް ޚަލްޤު ކުރެއްވުމަށް ކުޅަދުންވަންތަވެ ވޮޑިގެން ވާނަމަ (އަރަބި) " ތިމަންނަ މީގެ ކުރީގަ ދުވަހަކުވެސް އެއްވެސް އިންސާނަކަށް ދެއްވާފައި ނުވާފަދަ ސަޒާއެއް ﷲ ތިމަންނައަށް ދެއްވަފާނެ ކަމަށްޓަކައި ތިމަންނަ ބިރުވެރި ވަމެވެ."
އެހެންމަ އަހުދުކަށަވަރު ހިފާ އޭނަގެ ދަރިންގެ ގާތުގައި ވަރަށް ބޮޑަށް އެކަމަށް އެދެފަ ކޮންމެއަކަށް އޭނަ މަރުވެގެން ދިޔައީ. އޭނާ އެދުނުގޮތަށް އޭނާގެ ދަރިން އޭނާގެ ހަށިގަނޑު އަނދާލާފައި އެ ހަށިގަނޑުގެ އަޅިތައް ގެނެސްނ ޗިސްކޮށްފައި ފުނޑު ފުނޑު ކޮށްފައި ވައިގެތެރެއަށް އެއްބައި ބުރުވާލާފައި ކަނޑުގެ ތެރެއަށް އަނެއްބައި ބުރުވާލީ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙާދީޘް ކުރައްވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމަކަށްމެ ކަށިކުޅަދުންވަންތަވެ ވޮޑިގަންނަވާ އިލާޙް. އެ އިލާޙް ވަޙީ ކުރައްވައޭ، ވަޔަށް ވަޙީކުރައްވަނީ (އަރަބި) "ތިބާގެ ތެރެއަށް ބުރުވާލެވުނު ހުރިހާ އަޅިތަކެއް ގެންނާށެވެ." ކަނޑަށް އެއިލާޙު ވަޙީކުރައްވަނީ (އަރަބި) " ތިބާގެ ތެރެއަށް ގިރުވާލެވުނު ހުރިހާ އަޅިތަކެއް ގެންނާށެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅު އައުމާއެކުގަ އެއިލާޙުގެ މަޚްލޫޤުން އެއިލާޙު ސުބުޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރައްވާ ވަޤުތުން އެ ހުރހާ އެއްޗެއް (އަރަބި) އެ ހުރިހާއެއްޗެއް އެއިލާޙުގެ ހޟްރަތަށް ހަޒިރުކުރެވުނެވެ. ﷲ ޤުރުއާނުގަ ޔާސީން ސޫރަތުގަ ވަޙީ ކުރައްވާފައިވާ ފަދައިން (إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئًا أَن يَقُولَ لَهُ كُن فَيَكُونُ ) " އެ އިލާޙުގެ ޢަމުރުފުޅު ވާކަން ކަށަވަރީ އެ އިލާޙު ކަމަށް ވުމަށް އިރާދަ ކުރައްވައިފިނަމަ އެކަމަކަށް ވަޙީކުރައްވައޭ (كُن) " ވާށޭ" (فَيَكُونُ) " ދެން އެހާހިސާބުން އެކަމެއް ވެގެންދެއެވެ."
އެހެންމަ ވަޙީކުރައްވާ އެންގެވުމާއެކު، އެކަލާންގެ ޢަމުރުފުޅު އައުމާއެކުގައި ވަޤުތުން އޭނާގެ ފުރާނައާއި އޭނާގެ ހަށިގަނޑާއެކުގައި ކުރިން ހުރިގޮތަށް، އެއިލާޙުގެ ހަޟްރަތަށް އޭނަ ހާޒިރު ކުރެވޭނެ. ދެން ﷲ ވަޙީ ކުރައްވަނީ މޮޅަށް ދެނެވޮޑިގެންވާ ހާލު ވަޙީކުރައްވާ އަންގަވަނީ އޭ ތިމަންއިލާޙުގެ އަޅާއޭ ކީއްވެގެންވާ އެގޮތަށް ތިބާ ކަންތައް ކުރީ. އޭނަ މިބުނަނީ އޭ ﷲ އޭ. އޭ ހައްދަވާ ގެންގުޅުއްވާ އިލާޙޭ، (އަރަބި) " އޭ ހައްދަވާ ގެންގުޅުއްވާ އިލާޙޭ، އިބަ އިލާޙުގެ ޢަޛާބަށް ބިރުންނޭ ތިމަންނަ އެގޮތަށް ކަންތައް ކުރީ." އިބަ އިލާޙު ޢަޛާބެއް ދެއްވަފާނެތީ އެކަމަށްޓަކާ ބިރުންނޭ ތިމަންނަ އެގޮތަށް ކަންތައް ކުރީ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާ އަންގަވަނީ އޭނާ ﷲ އަށްޓަކާ އެ ބިރުވެތި ބިރުވެތިވުމަށްޓަކާ އެ އިލާޙު ސުބުޙާނަހޫ ވަތަޢާލާ އޭނާގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން (އަރަބި) " އެއިލާޙު އޭނާގެ މައްޗަށް އޯގާވެ ވޮޑިގެން އޭނާއަށް ރަޙްމަތް ލައްވާ އޭނާގެ ފާފަ ފުއްސަވައި ދެއްވިއެވެ."
- އައްޝައިޚް އިބްރާހީމް ރާފިޢު
މިޙަދީޘްފުޅުން ޙާޞިލުކުރަންޖެހޭ ޢިބްރަތަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވާ އަޅުންނަށް ﷲ ތަޢާލާ ރަޙްމަތް ލައްވަވައި ފާފަފުއްސަވައިދެއްވަވާކަމެވެ. އެއްވެސް ޙާލެއްގައި ފާފަކުރުންމަތީގައި ދެމިހުރުމެއް ނޫނެވެ.
Advertisement
24 އޭޕްރީލް 2025