އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު
މިވަޤުތައް ބަލައިފިނަމަވެސް ކުރަންހުރި ދުޢާތައް ވަރަށް ގިނައެވެ. އެމީހަކު އެދޭ ކަމެއް ހިންމަވައި ދެއްވެވުން އެދިގެން ކުރާ ދުޢާގެ އިތުރުން ކުރެވޭ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރަން އެބަޖެހެއެވެ. ރަމަޟާން މަހު ހިފި ރޯދަތަކާއި މިހާރުވެސް ހިފަމުންދާ ރޯދަތައް ޤަބޫލުފުޅުކުރެއްވެވުން އެދިގެންވެސް ދުޢާކުރަން އެބަޖެހެއެވެ.
ދުޢާއަކީ ދުޢާކުރާ މީހާއާއި ﷲ ތަޢާލާ އާއި ދެމެދުގައި އޮންނަ ކަމެކެވެ. އެހެންކަމުން އެމީހަކު ބޭނުންވާ ކޮންކަމަކަށް އެދި ދުޢާކުރެވޭނެއެވެ. އެމީހާ އެދެން ބޭނުންވާ ކަމަކަށް އެދި ކުރާނެ ދުޢާއެއް ޤުރްއާނާއި ސުންނަތުން ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރާށެވެ. އެއީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫނެވެ.
މިގިޮތުން ކުރެވިދާނެ ބައެއް ދުޢާ:
ޔާ ﷲ! އިނބަ ﷲ އީ ފާފަފުއްސަވައިދެއްވެވުމުގައި އިމެއް ނެތްވަރަށް ދީލަތިވެވޮޑިގެންވާ ރަސްކަލާނގެއެވެ. މިއަޅާއަށް ވަނީ ޢަދަދުކުރަން ނުއެނގޭހައި ގިނައިން ފާފަ ކުރެވިފައެވެ. މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކަށް ޢަފޫކުރައްވަވާނދޭވެ! އަދި ފާފަ ކުރެވުމުން މިއަޅާ ސަލާމަތްކުރައްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! އިނބަ ﷲ އަށް އުރެދުވުމަކަށްވާނެ އެއްވެސް ޢަމަލެއް ނުކުރުމަށް މިއަޅާއަށް މަގުދައްކަވައިދެއްވަވާނދޭވެ! އަދި ފާފަކުރަން ޝައުޤުވެރިވުމުން މިއަޅާގެ ހިތް ޠޯހިރުކުރައްވަވައި ދެއްވަވާނދޭވެ!
ޔާ ﷲ! މިރަމަޟާންމަހުގައި މިއަޅާ ހިފި ރޯދަތައް ޤަބޫލުފުޅުކުރައްވަވާނދޭވެ! މިއަޅާ ހިފަމުން މިގެންދާ ސުންނަތް ރޯދަތަކާއި ޤަޟާ ރޯދަތައްވެސް ޤަބޫލުފުޅުކުރައްވަވާނދޭވެ! އިނބަ ﷲ ގެ ރަޙްމަތާއި ފާފަ ފުއްސަވައިދެއްވެވުން އިމެއް ނެތި މިންވަރުކުރައްވަވާ އަޅަކުކަމުގައި މިއަޅާ ލައްވަވާނދޭވެ! އަދި މިއަޅާއަށް ކުރެވިފައިވާ ހުރިހާ ފާފަތައް ފުއްސަވައި ދެއްވަވައި މިއަޅާއަށް ރަޙްމަތް ލައްވަވާނދޭވެ! އާމީން
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
26 އޭޕްރީލް 2025