އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފައިސާއަށް ދަހިވެތި އަންހެނުންނާ ކައިވެނިކޮށްފަ ހުރިހާ އަންހެނުން ކުށްވެރިނުކުރާށެވެ! ލިބޭ މިންވަރަށް ފުދިގެން ކެތްތެރިވާ ހެޔޮލަފާ އަނބިން ބައިވަރެވެ!

ފައިސާއަށް ދަހިވެތި އަންހެނުންނާ ކައިވެނިކޮށްފަ ހުރިހާ އަންހެނުން ކުށްވެރިނުކުރާށެވެ! ލިބޭ މިންވަރަށް ފުދިގެން ކެތްތެރިވާ ހެޔޮލަފާ އަނބިން ބައިވަރެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 25 ސިކުންތު

ބައެއް އަންހެނުންނަކީ ތަނަވަސްކަމަށް ބޭނުންވާ ބައެކެވެ. އެމީހުންގެ ކުރިމަތީގައި އެންމެ މުހިންމު ކަމަކީ އެމީހުންގެ ބޭނުންތައް ފުދި ތަނަވަސް ދިރިއުޅުމެއް އުޅެވުމެވެ. އެމީހުން ކުށްވެރިކުރުމުގެ ބޭނުމެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކީ އެމީހުންގެ ގޮތުގައި އެމީހުން އުލެން ދޫކޮށްލުމެވެ. އެބާވަތުގެ އަންހެނުންގެ ވިސްނުން އެހެން ގޮތަކަށް ބަދަލުވުމަކީ ކުރެވޭނެ ކަމަކަށް ނުވާތީއެވެ.  

އެކަމަކު ވިސްނަން ޖެހޭނެ ކަމެއް އެބައޮތެވެ. މިބުނި ވިސްނުމުގެ ބައަކު އުޅުމަކީ އެކަމުގެ ޒިންމާ ހުރިހާ އަންހެނުންގެ ބޮލުގައި އަޅުވަންޖެހޭ ކަމެއް ނޫނެވެ. ވިސްނާށެވެ! ކައިވެނިކުރުމުގެ ކުރިން އެއީ ކޮންބާވަތެއްގެ ވިސްނުމެއްގެ އަންހެނަކުކަން ދެނެގަތުމަކީ އެމީހެއްގެ ކަމެކެވެ. އެކަމުގައި ފޭލްވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ. ވިސްނަންޖެހޭ ކަންކަމަށް ނުވިސްނައި ކައިވެނިކުރީތީއެވެ.  

ކުރިން މިބުނި ޒާތުގެ އަންހެނުން އުޅުނަސް ގިނައީ ލިބޭ މިންވަރަށް ފުދިގެން ދިރިއުޅެން ބޭނުންވާ އަންހެނުންނެވެ. ހެޔޮލަފާ އަނބިން މިކިޔަނީ އެމީހުންނަށެވެ. އެމީހުންނަށް ބޭނުންވާނީ ލޯތްބާއި އަޅައިލުމެވެ. ލިބޭ މިންވަރަކުން އެމީހުންނަށް އެހީތެރިވުމަށެވެ. ހެޔޮލަފާ އަނބިންގެ އުފަލަކަށްވާނީ ފިރިމީހާ އެމީހުންނަށް ސަމާލުކަން ދިނުމެވެ. 

މަދުން ލިބުނަސް އުފަލުގައި ދިރިއުޅޭ ޢާއިލާތައް ވަރަށް ގިނައެވެ. އެޢާއިލާތަކުގެ ކަންކަމަށްބަލާއިރު ފިރިމީހާއަށް ލިބޭ ކުޑަކުޑަ މުސާރަކޮޅު އަނބިންގެ އަތަށް ދިނުމުން އެއިން މުޅި މަސްދުވަހު ދެކޮޅު ޖައްސާނެއެވެ. މަދުވެގެން ޝަކުވާއެއް ނުކުރާނެއެވެ. އެއީ ޝަކުވާކުރުމަކީ ފިރިމީހާއަށް ލިބޭ އާމްދަނީ އިތުރުވާ ކަމެއް ނޫންކަން އެމީހުންނަށް އެނގޭތީއެވެ. ނުލިބޭ އާމްދަނީއެއް ގެނެސް ނުދެވޭނެކަން އެނގޭތީއެވެ.  

އެއް އިރު ކައިގެން ތިބެން ޖެހުނަސް އެމީހުން ފިރިމިހާ އާއި ބައްދަލުކުރާނީ ހިނިތުންވެ ހުރެގެންނެވެ. ޚިދުމަތްކޮށްދޭނީ އުފަލުން ހުރެގެންނެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ހެޔޮލަފާ އަނބިންގެ ކަރު އެލިގެންދާ ކަންތައް ނުކުރާށެވެ! އެއީ ލިބޭ އާމްދަނީއަށް މަކަރު ހަދައި ހިލޭ އަންހެނުންނަށް ޚަރަދުކުރުމެވެ. އެކަން ކުރާނަމަ ނިކަން ފަސޭހައިން ވިސްނުން ބަދަލުކޮށް އެހެން މަގެއް ހޯދާނެއެވެ.  

މިކަންކަމަށް ވިސްނައިގެން ދިރިއުޅޭ މީހަކަށްވުރެ އުފަލުގައި ދިރިއުޅެވޭނެ މީހަކު ނުހުންނާނެއެވެ. މިއީ އެންމެންވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ!

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅުން  

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް