އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތަރައްޤީއާއި ކުރިއަރާ ދިއުމުގައި ރާއްޖެ މިވަގުތު އޮތީ ހެޔޮ ފާލެއްގައި: އިޤްތިޞާދީ ވަޒީރު

ތަރައްޤީއާއި ކުރިއަރާ ދިއުމުގައި ރާއްޖެ މިވަގުތު އޮތީ ހެޔޮ ފާލެއްގައި: އިޤްތިޞާދީ ވަޒީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

ތަރައްޤީއާއި ކުރިއަރާ ދިއުމުގައި ރާއްޖެ މިވަގުތު އޮތީ ހެޔޮ ފާލެއްގައި ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. މިއަދު މެލޭޝިޔާގައި ބޭއްވުނު މޯލްޑިވްސް - މެލޭޝިޔާ އިންވެސްޓްމެންޓް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މިހެން ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވި ގޮތުގައި މި ފޯރަމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެކެވެ. އަދި މި ފޯރަމްގެ ސަބަބުން ދެ ޤައުމުގައި އިންވެސްޓް ކުރެވެން ހުރި ފުރުސަތުތަކުގެ މަޢުލޫމާތު ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި 2040 ވަނަ އަހަރުގެ ކުރިން ރާއްޖެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއެކު ޚާއްސަ މަގުޗާޓެއްގެ ދަށުން މަސައްކަތްތަކެއް ކުރަމުން އެބަދެއެވެ. މި އަމާޒަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތައް ކުރިއަރައި ދިއުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

އަމިއްލަ ވިޔަފާރިތަކަށް ކުރިއެރުން ހޯދައިދީ، ބޭރުގެ އިންވެސްޓަރުންނަށް ރާއްޖެ ފަހިކުރުމަށްޓަކައި ފޮރިން އިންވެސްޓްމެންޓާ ބެހޭ ޚާއްސަ ޤާނޫނެއް މިހާރު ވަނީ އެކުލަވާލާފައެވެ. މި ޤާނޫނުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ޤާނޫނީ ރައްކާތެރިކަން ލިބި، ހާމަކަމާއެކު ވިޔަފާރިކޮށް، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ދައުރެއް އަދާކުރެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިންވެސްޓްމެންޓް ފޯރަމްގެ ސަބަބުން ދެ ޤައުމުގެ އިންވެސްޓަރުންނާ ބައްދަލުވެ، ވިޔަފާރީގެ ދާއިރާއިން ގުޅުންތައް ބަދަހިވާނެ. އަދި ކުރިއަށް އޮތް ތަނުގައި އިޤްތިޞާދީ ދާއިރާއިން ގުޅިގެން ކުރިއަރާ ދިއުމަށް މަގު ފަހިވާނެ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު