އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަމައެކަނި ފަރުޟް އަޅުކަން ކުރެވުނަސް އެމީހަކަށް ސުވަރުގޭގެ އެންމެ މަތިން ޖާގަ ހޯދެން އޮތް މަގު ޗަރަށް ފަސޭހަ! އިން ޝާ ﷲ

ހަމައެކަނި ފަރުޟް އަޅުކަން ކުރެވުނަސް އެމީހަކަށް ސުވަރުގޭގެ އެންމެ މަތިން ޖާގަ ހޯދެން އޮތް މަގު ޗަރަށް ފަސޭހަ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 6 ސިކުންތު

ގިނައިން އަޅުކަން ނުކުރެވޭތީ ކަންބޮޑުވެ ތިމާ ސުވަރުގެ ވައްދަވާނެތޯ އަދި ސުވަރުގެއިން ދެއްވަވާނީ ކޮން ޖާގައެއް ކަމާއިމއެދު ސުވާލު އުފައްދާ މީހުންނަށް ޖަވާބެއް ދޭން މަސައްކަތްކުރާނަމެވެ. އިން ޝާ ﷲ

"ޤިޔާމަތް ވާނީ ކޮން އިރަކުތޯ؟" އެއް ދުވަހަކު މީހަކު ރަސޫލް (ﷺ)އަށް ސުވާލު ދެންނެވިއެވެ. ރަސޫލް (ﷺ) އޭނާއަށް ޖަވާބު ނުދެއްވަވައި އުޅުއްވަވަނިކޮށް ނަމާދު ވަގުތެއް ޖެހުމުން އިސްކަން ދެއްވީ ނަމާދު ކުރެއްވުމަށެވެ. ނަމާދު ނިމިވަޑައިގެން އޭނާ ހޯއްދަވައި އޭނާ އާއި ސުވާލު ކުރެއްވެވިއެވެ. "ޤިޔާމަތް ވެދާނެކަމަށް ތައްޔާރުވާން ތިބާ ކުޅައީ ކޮން ކަމެއް ހެއްޔެވެ؟"

ޖަވާބުގައި އޭނާ ދެންނެވީ ފަރުޟު ކަންކަމުގެ އިތުރަށް އޭނާއަށް މާގިނަ ކަންތައްތަކެއް ނުކުރެވޭ ކަމަށާއި ނަމަވެސް އޭނާ އަކީ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ (ﷺ) ދެކެ ވަރަށް ލޯބިވާ މީހަކު ކަމަށެވެ. ޖަވާބުގައި ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ "ޤިޔާމަތް ދުވަހު އެމީހަކު ވާނީ އެމީހަކު ދުނިޔޭގައި އެންމެ ލޯބިވީ މީހަކާއިއެކުގައި" ކަމަށެވެ. މާނައަކީ ސުވާލުކުރި އެމީހާ އެންމެ ލޯބިވަނީ ﷲ ތަޢާލާ އާއި ރަސޫލް (ﷺ) ދެކެ ކަމުގައިވުމުން އޭނާ ޤިޔާމަތް ދުވަހު ވާނީ ﷲ ތަޢާލާ އާއި ރަސޫލް (ﷺ) އާއިއެކުގައި ކަމެވެ.

އަނަސްގެފާނު ވިދާޅުވެފައިވަނީ އެ ގޮތަށް ޙަދީޘްފުޅު ކުރެއްވެވުމުން ދުވަހަކު ލިބިވަޑައިނުގަންނަވާ ވަރަށް ޞަޙާބީންނަށް އުފާވެރިކަން ލިބިވަޑައިގެންނެވި ކަމަށެވެ. ސަބަބަކީ އެބޭކަލުން އެންމެ ބޮޑަށް ލޯބިވެވަޑައިގަންނަވަނީ ﷲ ތަޢާލާ އާއި ރަސޫލް (ﷺ) ދެކެ ކަމުގައިވުމުން އެބޭކަލުންނަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާ އާއި ރަސޫލް (ﷺ) އާއިއެކުގައި ތިއްބެވޭނެކަން ޙަދީޘްފުޅުން އެނގިވަޑައިގަތުމުން ކަމަށެވެ.

ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި ﷲ ތައާލާ އާއި ރަސޫލް (ﷺ) ދެކެ ލޯބިވުމަކީ ހަމައެކަނި ދުލުން ބުނާ ބުނުމެއް ނޫނެވެ. އެއީ އެމީހާގެ އަމަލުތަކުން ދައްކަން ޖެހޭނެ ކަމެކެވެ. ﷲ ތަޢާލާ އެންގެވި ގޮތުގައި ސާބިތުހުރުން ކަމަށެވެ.

މި މަތިވެރި ފަޚުރާއި ޝަރަފް އަދި މި މަތިވެރި ނިޢްމަތް ހާޞިލުކުރަން އަޅުގަނޑުމެންނަށް މިއަދު އެއްވެސް ވަރަކަށް އެބަ މަސައްކަތްކުރެވޭތޯ ބައެއް އިލްމުވެރިން ގެނަދަވަނީ ދަރުސްތަކުގައި ސުވާލުކުރައްވަމުންނެވެ! މިސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ! އަދި އެމީހަކަށް ސުވަރުގެ ލިބުމާއި އެމީހަކު ސުވަރުގޭގައި ރަސޫލް (ﷺ) އާއި އެންމެއަރިއަހުގައިވުމާއި ނުވުމުގެ އިޚްތިޔާރުވެސް އޮތީ ހަމަ އެމީހެއްގެ އަތްމަތީގައެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް