އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަޤީންކުރެވޭވަރުގެ ހެކި ނެތި ބައިވެރިޔާ ތިމާ ދޫކޮށްލަން އުޅޭކަމަށް ޝައްކުކުރަން ހެޔޮނުވާނެ! އެއީ ކައިވެނި ރޫޅެން މަގުފަހިވާ ކަމެއް!

ޔަޤީންކުރެވޭވަރުގެ ހެކި ނެތި ބައިވެރިޔާ ތިމާ ދޫކޮށްލަން އުޅޭކަމަށް ޝައްކުކުރަން ހެޔޮނުވާނެ! އެއީ ކައިވެނި ރޫޅެން މަގުފަހިވާ ކަމެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 43 ސިކުންތު

ދެމަފިރިން އެކުގައި އުޅެމުން އަންނައިރު ކޮންމެ ދުވަހަކު ކަންކަން މެދުވެރިވާނީ އެއްގޮތަކަށް ނޫނެވެ. ތަފާތު ގޮތްގޮތަށްވެސް ކަންކަން މެދުވެރިވާނެއެވެ. ހަމަ އެގޮތަށް ބައިވެރިޔާގެ ކިބައިންވެސް ތަފާތުކަމެއް ފެނިދާނެއެވެ.  

ބައެއްފަހަރު ވާގޮތަކީ ބައިވެރިޔާގެ ކިބައިން ކިތަންމެ ކުޑަކުޑަ ތަފާތެއް ފެނުނަސް އެއުޅެނީ ތިމާ ދެކެ ފޫހިވެގެން ވަކިވާން ކަމަށް ވިސްނެނީއެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެގޮތަށް ވިސްނެން ފެށުމުން ކުރިމަތިވާ އެންމެ ބޮޑު މައްސަލަ ބުނަންހެއްޔެވެ؟  

އެމައްސަލައަކީ ބައިވެރިޔާގެ ކިބައިން ފެންނަ ވަރަށް ކުދިކުދި ކަންކަންވެސް މާބޮޑުކަމެއްގެ ގޮތުގައި ވިސްނެނީއެވެ. ހިތުގައި ޝައްކުތައް އުފެދެމުން ގޮސް މައްސަލަތައް ޖެހެން ފަށަނީއެވެ. ޝަކުވާތައް ގިނަކުރެވެން ފަށަނީއެވެ. އެންމެފަހުން ކައިވެނި ރޫޅި ދެމަފިރިން ވަކިވާ ޙާލަތަށް ކަންކަންދަނީއެވެ.  

ދެން ނިކަން ބުނެބަލާށެވެ! މިއަށްވުރެ ނުބައި ނުވަތަ ދެރަ ނިކަމެތި ޙާލަތަކީ ކޮބައިހެއްޔެވެ؟  

ކުރިން ބުނި ފަދައިން ބައިވެރިޔާގެ ކިބައިން ބަދަލެއް ފެނުނަސް އެއީ އެހައި ސީރިޔަސް ކަމެއް ކަމަށް ނުދެކޭށެވެ. އެކަން އެއީ އެހައި ބޮޑު ކަމެއްގެ ގޮތުގައި ނަގަންވާނީ އެކަށީގެންވާ ހެކި ލިބުމުންނެވެ. ނުވަތަ އުޅުމަށް ބަދަލު އައިސް ޝައްކުކުރެވޭ ގިނަ ކަންތައް ތަކެއް ފެންނަ ނަމައެވެ. ނުވަތަ ފެނުމުންނެވެ.  

ގިނަ ފަހަރަށް މިބުނިހެން ކަންކަން މެދުވެރިވަނީ ނުވަތަ އެއުޅެނީ ތިމާ ދޫކޮށްލަން ކަމަށް ޝައްކުއެކުރެވެނީ ބައެއް އެކުވެރިންނަށް ކަންކަން ދިމާވެފައި ހުންނަ ގޮތަކުން ކަމަށްވެދާނެއެވެ. އެކުވެރިޔާއަށް ދިމާވި ގޮތް ތިމާއަށް މެދުވެރިވެދާނެކަމަށް ވިސްނޭތީއެވެ.  

އެއީވެސް ހަމަ ވަރަށް ނުބައި ވިސްނުމެކެވެ. އެކުވެރިޔާގެ ބައިވެރިޔާއަކީ މުޅިން ތަފާތު މީހެކެވެ. ތަފާތު ވިސްނުމެއްގެ މީހެކެވެ. އޭނާ ކަންތައް ކުރާ ގޮތަށް ތިބާގެ ބައިވެރިޔާ ކަންކަން ކުރުމަކީ އެއްގޮތަކަށްވެސް ލާޒިމް ކަމެއް ނޫނެވެ. އެކަމުގެ ހެކިވެސް ބުނެލާނަމެވެ.  

ބައިވެރިޔާއަށް ކުށެއްކުރެވުމުން އެކަކު ވަޤުތުން ވަރިކޮށްފާނެއެވެ. ނޫނީ ވަރިވެދާނެއެވެ. ނަމަވެސް އަނެކަކު އެއީ މާބޮޑު ކަމަކަށް ނުހަދައި ދީލަތިކަމާއެކު މާފުކޮށްފާނެއެވެ. އެކަމަށް އަޅައިވެސް ނުލައިފާނެއެވެ. ވީމާ ޔަޤީންކުރެވޭވަރުގެ ހެކި ނެތި ބައިވެރިޔާ ތިމާ ދޫކޮށްލަން އުޅޭކަމަށް ޝައްކުނުކުރާށެވެ! މިބުނެދިނީ އެކަމުގެ ހުރި ނުރައްކައުތެރިކަމެވެ. އެއީ ކައިވެނި ރޫޅެން ަމގުފަހިވާ ކަމެއްކަމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް