އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ރިއާޔަތްކޮށް: ފުލުހުން

މުޒާހަރާ ރޫޅާލީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާއްމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ރިއާޔަތްކޮށް: ފުލުހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ޒުވާނުންގެ ނަމުގައި މާލޭގެ މަޖީދީމަގުގައި ކުރިއަށްގެންދިޔަ މުޒާހަރާތައް ރޭ ރޫޅާލާފައިވަނީ ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރަށް ރިއާޔަތްކޮށް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ހާމަކޮށްފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފާއިތުވި ދުވަސްތަކުގައި މަޖީދީމަގުގައި ދުއްވާ އުޅަނދުފަހަރަށް މަގު ބަންދުވާގޮތަށް ބައެއް ޒުވާނުން ހިންގަމުންދިޔަ އިހުތިޖާޖުގެ ސަބަބުން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތައް ކުރަމުންދާކަމުގެ ޝަކުވާތައް މެދުނުކެނޑި ލިބެމުންދިޔައެވެ. އަދި މިއަދަކީ ޖީސީއީ އޯލެވެލް އިމްތިހާނުގެ ޓެސްޓަށް ގިނަ ދަރިވަރުން ހާޒިރުވާންޖެހޭ ދުވަހަކަށްވާތީ، އެކަމަށްވެސް ހުރަސްއެޅެމުންދިޔަކަމުގެ ޝަކުވާ ލިބެމުންދިޔައެވެ.

މި އިހުތިޖާޖުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ދަތުރުފަތުރަށް ބަންދުވާގޮތަށް، މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ކުޅުން ފަދަ އާންމު މަސްލަހަތާ ފުށުއަރާ ކަންތައްތަކެއް ކުރަމުން ގެންދިޔަކަމަށް ފުލުހުން ފާހަގަކުރިއެވެ. މިފަދަ ކަންތައްތައް ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ، ޤާނޫނީ އިންޒާރު ދިނުމަށްފަހު ރޭ އެ ހަރަކާތް ހުއްޓުވައި އެއްވުން ރޫޅާލާފައިވެއެވެ.

ރޭގެ އެއްވުމުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަދި ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ބަގީޗާގެ/ނ.ކުޑަފަރި، އަބްދުﷲ މަހްޒޫމް މާޖިދު (28) އާއި މ.ހަސްތީ/މާލެ، އާއިޝަތު ޝިމާން އަހްމަދު (19) އެވެ.

ފުލުހުން ބުނާގޮތުގައި މަހްޒޫމް ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދޭން މަސައްކަތްކުރި ކަމުގެ ތުހުމަތުގައެވެ. އަދި ޝިމާން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު