އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 49 ސިކުންތު
ދުނިޔޭގެ ޙަޔާތުގައި ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ޙާޞިލްކުރަން ބޭނުންވާނެ ކަންކަމުގެ ތެރެއިންވެސް އިސްކަންދޭނެ ދެކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ތިމާގެ ޢުރު ދިގުވުމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާ އެމީހަކަށް ދެއްވަވާ ރޯދީގައި ބަރަކާތް ލެއްވެވުމެވެ.
އެކަންކަމަށް އެދޭމީހާ ކުރަން އޮތް ޢަމަލު!
ޢުމުރު ދިގުވުމަށާ ރޯދީގަ ބަރަކާތް ލެއްވެވުމަށް އެދޭ މީހާ ޢާއިލާގެ އެންމެންނާ ގުޅުން ބަދަހިކުރާށެވެ!
ކޮންމެ މީހަކުވެސް އެމީހެއްގެ ޢުމުރު ދިގުވެ ރޯދީގައި ބަރަކާތް ލެއްވެވުމަށް ބޭނުންވާނެއެވެ. އެކަމަށް އެދޭމީހާ ޢަމަލުކުރަންވީ ގޮތް ޙަދީޘްފުޅުން އެނގެން މިއޮތީއެވެ.
"ޙަދީޘްފުޅުގައި އޮތީ ރަޙިމުގެ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަކީ ޢުމުރު ދިގުވެ ރޯދީގައި ބަރަކާތް ލައްވަވާ ކަމެއް ކަމަށެވެ. ވީމާ އެކަންކަމަށް އެދޭ މީހާ އެއްވެސް މީހަކު އިސްތިސްނާ ނުކޮށް ޢާއިލާގެ އެންމެންނާ ގުޅުން ބަދަހިކުރާށެވެ! މައްސަލައެއް ޖެހި ރުޅިއައިސްފައި ތިބޭ މީހުންނާއިވެސް ގުޅުން ބަދަހިކުރާށެވެ! މައިން ބަފައިން އަޚުން އުޚުތުން މާމަ، ކާފަ މިހެންގޮސް ރަޙިމުގެ ގުޅުން ޤާއިމުކުރަންޖެހޭ އެންމެންނާއިވެސް ގުޅުން ބަދަހިކުރާށެވެ.
އެއިރުން އެކަމުގެ ސަބަބުން އެމީހާގެ ޢުމުރު ދިގުވެ ރޯދީގައި ބަރަކާތް ލައްވަވާނެތެވެ. ނަތީޖާއަކީ ދެދުނިޔޭގެ ކާމިޔާބާއި ފަލާޙް ލިބިގެންދިއުމެވެ."
- ޝައިޚް ޙުސައިން އަންސާރު
Advertisement
3 މެއި 2025