އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޛިކުރުތަކުގެ ތެރެއިންވެސް ފައިދާ ބޮޑު ޛިކުރެއް!

ޛިކުރުތަކުގެ ތެރެއިންވެސް ފައިދާ ބޮޑު ޛިކުރެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 10 ސިކުންތު

ޢާއިޝަތު ރަފާޙް ޢަލީ

 

މާތް ﷲ އެބޭކަލަކަށް ރުއްސުން ލެއްވެވި އަބޫ ޢުމަމާޙް ގެ އަރިއަހުން ބަޔާންވެގެންވާ ގޮތުގައި، "ރަސޫލާ () އަހަރެންގެ ތުންފަތް ހަރަކާތްތެރިވާ ގޮތަށް ބެއްލެވުމަށްފަހު ތިމަންކަލޭގެފާނު ކިޔުއްވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރެއްވެވި އެވެ. ދެން ތިމަންކަލޭގެފާނު  ވިދާޅުވީމެވެ.  އޭ الله ގެ ރަސޫލާއެވެ. ތިމަން ﷲ ގެ މަތިން ހަނދުމަ ކުރަނީއެވެ. ދެން ރަސޫލާ () ހަދީޘް ކުރެއްވި އެވެ.  "ރޭގަނޑާއި ދުވާލާއި، ދުވާލާއި ރޭގަނޑަށްވުރެ މާ މޮޅު އެއްޗެއް ތިމަންކަލޭގެފާނު ވިދާޅުވެ ދެއްވަން ހެއްޔެވެ؟ ކިޔާށެވެ! 

سُبْحَانَ اللَّهِ عَدَدَ مَا خَلَقَ ، سُبْحَانَ اللَّهِ مِلْءَ مَا خَلَقَ ، سُبْحَانَ اللَّهِ عَدَدَ مَا فِي الْأَرْضِ ، سُبْحَانَ اللَّهِ مِلْءَ مَا فِي الْأَرْضِ وَالسَّمَاءِ ، سُبْحَانَ اللَّهِ عَدَدَ مَا أَحْصَى كِتَابُهُ ،سُبْحَانَ لِلَّهِ مِلْءَ مَا أَحْصَى كِتَابُهُ، سُبْحَانَ اللَّهِ عَدَدَ كُلِّ شَيْءٍ ، سُبْحَانَ اللَّهِ مِلْءَ كُلِّ شَيْءٍ 

الْحَمْدُ لِلَّهِ عَدَدَ مَا خَلَقَ، وَالْحَمْدُ لِلَّهِ مِلْءَ مَا خَلَقَ، وَالْحَمْدُ لِلَّهِ عَدَدَ مَا فِي الْأَرْضِ وَالسَّمَاءِ، وَالْحَمْدُ لِلَّهِ مِلْءَ مَا فِي الْأَرْضِ وَالسَّمَاءِ، وَالْحَمْدُ لِلَّهِ عَدَدَ مَا أَحْصَى كِتَابُهُ، وَالْحَمْدُ لِلَّهِ مِلْءَ مَا أَحْصَى كِتَابُهُ، وَالْحَمْدُ لِلَّهِ عَدَدَ كُلِّ شَيْءٍ، وَالْحَمْدُ لِلَّهِ مِلْءَ كُلِّ شَيْءٍ 

އެކުލެވިގެންވާ މާނައީ: 

ތަޢާލާ ހެއްދެވި ތަކެތީގެ ޢަދަދުގެ ހުސްތާހިރުވަންތަ ކަމާއެވެ. ﷲ ތަޢާލާ ހެއްދެވި ތަކެތީގެ ހުސްތާހިރުވަންތަ ކަމާއެވެ. ﷲ ތަޢާލާ ބިމުގައި ހެއްދެވި ތަކެތީގެ ހުސްތާހިރުވަންތަ ކަމާއެވެ. ﷲ ތަޢާލާ އުޑުގައި ހެއްދެވި ތަކެތީގެ ހުސްތާހިރުވަންތަ ކަމާއެވެ. ﷲ ތަޢާލާ އެކަލާނގެ ފޮތުގައި ލިޔުއްވާފައިވާ ތަކެތީގެ ހުސްތާހިރުވަންތަ ކަމާއެވެ. ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ހުރިހާ ތަކެއްޗެއްގެ ހުސްތާހިރުވަންތަ ކަމާއެވެ.  

ތަޢާލާ ހައްދަވާފައިވާ ތަކެތީގެ ޢަދަދަށް ހަމްދު ކުރަމެވެ. ﷲ ތަޢާލާ ހައްދަވާފައިވާ ތަކެއްޗަށް ހަމްދު ކުރަމެވެ. ﷲ ތަޢާލާ އުޑުގައި އަދި ބިމުގައި ހައްދަވާފައިވާ ތަކެއްޗަށް ހަމްދު ކުރަމެވެ. އަދި ﷲ ތަޢާލާ އެކަލާނގެ ފޮތުގައި ލިޔުއްވާފައިވާ ތަކެއްޗަށް ހަމްދު ކުރަމެވެ. އަދި ﷲ ތަޢާލާ ހައްދަވާފައިވާ ހުރިހާ ތަކެއްޗަށް ހަމްދު ކުރަމެވެ. ހުރިހާ ކަމެއްގައި ވެސް ﷲ އަށް ހަމްދު ކުރަމެވެ. 

[Collected by Ahmad, Ibn Abi Duniyaa (This wording), Nisa’ee, Ibn Khuzaimah, Ibn Hibban and al-Hakim and he said ‘Authentic upon the conditions of Bukhari & Muslim’ & authenticated by Albaani in ‘Saheeh Targheeb wa Tarheeb no. 1575] 

(މިފަދައިން ޛިކުރުކުރުމުން މުޅި ދުވާލާއި ރޭގަނޑު ޛިކުރުކުރުމުގެ ޘަވާބު ދެއްވަވާނެތެވެ. އިން ޝާ ﷲ) 

ޛިކުރް އަޑުއައްސަވައިލެއްވުމަށް:

https://soundcloud.com/islamtheultimatepeace/best-dhikr-which-is-better-than-day-and-night

 

Advertisement

ކޮމެންޓް ކުރެއްވުމަށް