އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަޙުދީގެފާނު ފައުޅުކުރެއްވެވުމާ ޢީސާގެފާނު ފައިބާވަޑައިގަތުން-

މަޙުދީގެފާނު ފައުޅުކުރެއްވެވުމާ ޢީސާގެފާނު ފައިބާވަޑައިގަތުން-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މަޙުދީގެފާނު ފައުޅުކުރައްވަވާނީ މީސްތަކުން ވަރަށް ބޮޑަށް ޖާހިލުވެފައިވާ ޒަމާނެއްގައެވެ. މަޙުދިގެފާނަކީވެސް ފުރަތަމަ ތަޤްވާވެރި ބޭކަލެއް ނޫނެވެ. ނަމަވެސް ތަޢާލާ މަޙްދީގެފާނަށް ތަޤްވާވެރިކަން ދެއްވަވަނީއެވެ. އަދި މަޙްދީގެފާނުގެ މަސައްކަތްޕުޅުން ދުނިޔެއަށް އިސްލާމް ދީން ފެތުރިގެންދާނެއެވެ. --ޝައިޚް ޢާޞިމް އަލްޙަކީމް

ޢީސާގެފާނު އަލުން ދުނިޔެއަށް ފައިބާ ވަޑައިގަންނަވާނެކަމަށް ޤަބޫލުނުކުރުން ޑރ. މުޙްޞިން ޚާން ބަޔާން ކުރައްވާފައިވަނީ ކުޑަ ޝިރުކެއްގެ ގޮތުގައެވެ. (ޑރ. މުޙްޞީން ޚާންގެ އިނގިރޭސި ތަރުޖަމާގައިވާ އިތުރު ލިޔުންތައް ބައްލަވާށެވެ!)

މަހްދީގެފާނު ފައުޅުވުމާއި ޢީސާގެފާނު އުޑުން ފައިބައި ވަޑައިގަތުމަކީ ފަހުޒަމާނުގެ ދެ ޢަލާމާތެވެ. މަހްދީގެފާނުގެ ނަންފުޅަކަށްވާނީ މުޙައްމުދު ބިން ޢަބްދުﷲ ކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ފުރަތަމަ ފައުޅުވާނީ މަޙްދީގެފާނެވެ!

ޢީސާގެފާނު ފައިބައިވަޑައިގަންނަވާނީ މަހްދީގެފާނުގެ ޒަމާނުގެ ފަހުކޮޅުގައެވެ. ދެބޭކަލުން ބައިތުލްމަޤްދިސް ކައިރިން ބައްދަލުވެވަޑައިގެން އެކުގައި ނަމާދުކުރައްވަވާނެއެވެ. އިމާމްވެ ނަމާދުކުރައްވަވާނީ މަހްދީގެފާނެވެ!

--ޝައިޚް އިބްރާހީމް ފަރީދު އަޙްމްދު

ޢީސާގެފާނާ މަހްދީގެފާނަކީ 2 ބޭކަލެކެވެ. ފަހުޒަމާނުގައި ދެބޭކަލުންވެސް ފައުޅުވާނެއެވެ. --ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

ޢީސާގެފާނު ފައުޅުނުވާނެކަމަށް، މަހްދީގެފާނު ފައުޅުނުވާނެކަމަށް، ދައްޖާލު ފައުޅުނުވާނެކަމަށް އަދި ޔައުޖޫޖުމައުޖޫޖް ބާގައިގެ މީހުން ފައުޅުނުވާނެ ކަމަށް ޤަބޫލުކުރާމީހާއަކީ ކާފިރެކެވެ! އޭނާ މުސްލިމުންގެތެރެއަކު ނުވެއެވެ.

މިކަމުގައި އޮޅުން އަރާ ބައަކު ތިބިނަމަ އެބައަކަށް އަހުރެންގެފަރާތުން މިކަން ސާފުކޮށްދޭށެވެ! އެހެނީ މިކަންކަމަށް ޝައްކުކުރެވޭނަމަ އެއީ ޢަޤީދާގެ މައްސަލައެކެވެ. --ޝައިޚް ޢާޞިމް ޢަލްޙަކީމް

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް